ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ބިން ކުއްޔަށް ދޫކުރުމާއި ގުޅޭ

މިރަށު އިރު އުތުރު ފަރާތު ބަނދަރު ސަރަޙައްދުގައި (ނާރެސްމަގުގެ ދެކުނުން ސިނާއީމަގުން ހުޅަނގަށް) އޮތް 7250 (ހަތްހާސް ދުއިސައްތަ ފަންސާސް) އަކަފޫޓުގެ ހުސްބިން ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް މީލާދީ 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދިނުމަށް ވަނީ ނިންމާފައެވެ.  

ވީމާ، ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 ސެޕްޓެންބަރު 2024 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 

ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

ހޯމަ

30 ސެޕްޓެންބަރު 2024

13:00

މިކަމަށް އެދި ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ އެތަނެއްގެ ރަސްމީ ސިޓީއެއް ގެންނަންވާނެއެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށްލައި ބަންދުކޮށް ނުވަތަ ބައިންޑުކޮށް ނުވަތަ އެއްހީރާސްކޮށް، " ޝޮޕިންގ ކޮމްޕްލެކްސް އިމާރާތެއް ތަރައްޤީކުރުމަށް ދޫކުރާ ކުލީ ބިން " ހޯދުމަށްއެދި ހުށަހަޅާ ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ.

މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

26 އޮގަސްޓް 2024
ހޯދާ