ތިލަދުންމަތީ އުތުރުބުރީ މޮޅަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. މޮޅަދޫ ކައުންސިލްގެ ރަސްމީ މަރުކާ އާއި ސިއްކަ ފަރުމާކުރަން ހުޅުވައިލުން

ހއ. މޮޅަދޫ ކައުންސިލްގެ ރަސްމީ މަރުކާއާއި ސިއްކަ ފަރުމާކުރަން ހުޅުވައިލުން

 

 މިއިދާރާއިން ކޮށްފައިވާ ނަންބަރު: (IUL)246/246/2024/31 (15 ޖުލައި 2024) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައި ނުވާތީ، އަލުން ފުރުޞަތު ހުޅުވައިލަމެވެ.

ހއ. މޮޅަދޫ ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޙަރަކާތްތަކާއި، އެކިއެކި ރަސްމިއްޔާތުތަކާއި، ރަސްމީ ލިޔެކިޔުންތަކާއި، ސޯޝަލް މިޑިއާ، އަދި ރަސްމީ އެންމެހައި ބޭނުންތަކަށް ކައުންސިލްގެ ނަމުގައި ބޭނުން ކުރާނެ މަރުކާ އާއި ރަސްމީ ސިއްކަ ފަރުމާކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ހުޅުވައިލަމެވެ.

މި މަސައްކަތައް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ސެޕްޓެންބަރު 16 ވާ ހޯމަ ދުވަހު 13:00 ގެ ކުރިން ޕްރޮޕޯސަލް ހުށައެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް އީމެއިލް މެދުވެރިކޮށް ހުށައަޅަން ވާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ދުވަސްތަކުގެ ހެނދުނު 08:30 އިން 13:30 އަށް މިއިދާރާގެ ނަމްބަރު 6500031 ފޯނަށް ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. 

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 އޮގަސްޓް 2024
ހޯދާ