އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

އިޢުލާން

 

މިއެޖެންސީގައި ހުރި ބާ ތަކެތި ނީލަންކިޔުން 03 ސެޕްޓެންބަރު 2024 (އަންގާރަ) ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ ގައި އޮންނާނެއެވެ.

 

މިތަކެތި ބައްލަވަން ބޭނުންވާ ފަރާތްތަކުން 02 ސެޕްޓެންބަރު 2024 (ހޯމަ) ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން، ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާ އަށް ޙާޟިރުވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭއަގު، މި އިއުލާނާއެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.

 

 ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑް ހިފައިގެން  03 ސެޕްޓެންބަރު 2024 (އަންގާރަ) ދުވަހު ދުވަހުގެ މެންދުރު 1.00 ގައި ހަނދުވަރީ ހިނގުން ގްރީން ބިލްޑިންގް، 3ވަނަ ފަންގިފިލާއަށް ޙާޟިރުވެ، ނީލަމުގައި ބައިވެރިވުން އެދެމެވެ.

 

ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯރޓަލް https://bandeyripay.finance.gov.mv އަށް ދެއްކުމަށްފަހު ތަކެތި ގެންދަން ވާނެއެވެ.

26 އޮގަސްޓް 2024
ހޯދާ