އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުކޮނުމާއި، މަގުހުރަސް ބެހެއްޓުމާއި، މަގު ބަންދުކުރުން

މަގުކޮނުމާއި، މަގުހުރަސް ބެހެއްޓުމާއި، މަގު ބަންދުކުރުން

އައްޑޫސިޓީގެ މަގުތަކާއި، އިޖުތިމާޢީ ސަރަހައްދުތަކާއި، މިނޫންވެސް މިފަދަ ތަންތަން ކޮނެގެން ކުރަންޖެހޭ މަސައްކަތްކުރުމާއި، މަގުބަންދުކުރުމާއި، މަގުހުރަސް ބެހެއްޓުންފަދަ ކަންކަން ބައެއް ފަރާތްތަކުން ހުއްދަ ނުނަގާ ކުރަމުންގެންދާކަން ވަނީ ފާހަގަ ކުރެވިފައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން އައްޑޫސިޓީގެ މަސްއޫލުވެރިކަން ޤާނޫނުން ލާޒިމުކޮށްފައިވާ ފަރާތަކީ އައްޑޫސިޓީ ކައުންސިލެވެ. އެހެންކަމުން ކައުންސިލްގެ ހުއްދަ ނެތި މިފަދަ ކަންކަން ކުރުމަކީ ކަނޑައެޅިގެން ޤާނޫނާއި ޚިލާފު ކަމެކެވެ.

ވީމާ، މީގެފަހުން މި ފަދަ ކަންކަން ކުރަން ފެށުމުގެ ކުރިން، އެ އަވަށެއްގެ އަވަށު އޮފީހުން، އެކަމަށް ލިޔުމުން ހުއްދަ ލިބިގެން މެނުވީ މަގުކޮނުމާއި، މަގުހުރަސް ބެހެއްޓުމާއި، މަގުބަންދުކޮށްގެން ނުވާނެ ވާހަކަ ޢާންމުކޮށް އަންގައި އިޢުލާނު ކުރަމެވެ. އަދި ހުއްދަ ނުނަގާ މިފަދަ ކަންކަން ކުރާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ވާހަކަވެސް މިފުރުޞަތުގައި ހަނދުމަކޮށް އަރުވަމެވެ.

10 ޝަޢުބާން 1436

28 މޭ 2015
ހޯދާ