މާޅޮސްމަޑުލު އުތުރުބުރީ ދުވާފަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަހާ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު

                 ދުވާފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އާއި ޔޫޝާ މޯލްޑިވްސް ގުޅިގެން ދުވާފަރުގައި ފަހާ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯސް ކުރިއަށްދާނީ 2024 އޮކްޓޯބަރ 5 ން 20 އާ ހަމައަށެވެ. މިކޯހަކީ ޔޫޝާ މޯލްޑިވްސްގެ ފަރާތުން ބައިވެރިވާ 40 ފަރާތަކަށް ހިލޭ ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެއެވެ.

ކޯހުގެ ޝަރުޠުތައް:

-  ފަތި ޖެހުމާއި ފަހާ ފޮއްޓަށް އަހުލުވެރިވެފައިވުން

-  ދެ ޖިންސުގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެ

 - ފަހާފޮށި ހޯދުމަކީ ބައިވެރިވާ ފަރާތުގެ ޒިންމާއެކެވެ.

-  ބައިވެރިންގެ އަދަދަކީ 40އެވެ. (40 އަށްވުރެ އިތުރަށް ފަރާތްތަކުން ކުރިމަތިލައިފިނަމަ، ބައިވެރިން ހޮވޭނީ ގުރުއަތުލައިގެންނެވެ.)

ވީމާ މިކޯހުގައި ބައިވެރިވެލައްވާ ފަރާތްތަކުން ދުވާފަރު ކައުންސިލް އިދާރާއަށް ދުރުވެ ފޯމް ފުރުއްވުމަށްފަހު، 2024 ސެޕްޓެމްބަރ 15 ވަނަ ވާ އާދިއްތަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ފޯމް ހުށައެޅުއްވުން އެދެމެވެ. ފޯމް ލިބިވަޑައިގަންނަވާނީ 2024 އޮގަސްޓް 26 ވަނަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެވެސް 8:00 އިން 14:00 ގެ ނިޔަލަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ކޮމިޓީގެ ރައީސާ އާމިނަތު އަޙްމަދު

ފޯނު ނަންބަރު: 7454543

ކޮމިޓީގެ ނައިބު ރައީސާ މަރްޔަމް ޢަބްދުﷲ

ފޯނު ނަންބަރު: 9514731                     

25 އޮގަސްޓް 2024
ހޯދާ