މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް

އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓް – ޕްރިޕަރޭޝަން އޮފް އިންޓެންޑަޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ޓު ދަ 2015 އެގްރީމަންޓް އަންޑަރ ޔޫ، އެން، އެފް، ސީ، ސީ، ސީ

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީއާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ' ޕްރިޕަރޭޝަން އޮފް އިންޓެންޑަޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ޓު ދަ 2015 އެގްރީމަންޓް އަންޑަރ ޔޫ، އެން، އެފް، ސީ، ސީ، ސީ' މަޝްރޫޢަށް އެޑްމިނިސްޓްރޭޓިވް އެސިސްޓެންޓެއް ޢައްޔަނު ކުރުމަށް ބޭނުންވެއެވެ.

ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީސް (ޖެފް) އިން ފަންޑުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޕްރިޕަރޭޝަން އޮފް އިންޓެންޑަޑް ނެޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން ޓު ދަ 2015 އެގްރީމަންޓް އަންޑަރ ޔޫ، އެން، އެފް، ސީ، ސީ، ސީ މަޝްރޫޢަކީ ދިވެހިރާއްޖޭގެ ފަރާތުން 2015 ވަނަ އަހަރުގެ ކްލައިމެޓް އެގްރީމަންޓަށް ކޮންޓްރިބިއުޓް ކުރާނެ މިންވަރު އެކުލަވާލުމަށް ހިންގާ މަޝްރޫޢެކެވެ.

ވަޒީފާގެ މަސްއޫލިއްޔަތުތައް އަދި އެހެނިހެން ތަފުސީލު ހިމެނޭ މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

ވީމާ މި މަޤާމަށް ޝައުޤުވެރިވާ އިންޑިވިޖުއަލް ކެންޑިޑޭޓުން "ޕްރޮޕޯޒަލް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން ހުޅުވައިލަމެވެ. މިގޮތުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްވުމަށް އެދި ދަންނަވަމެވެ.

  • ވަޒީފާއަށް ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރު ނުވަތަ ސީ.ވީ
  • މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ އަދި އެހެނިހެން މަޢުލޫމާތު)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް އެޓެސްޓް ކުރެވިފައި)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "ޓާރމްސް އޮފް ރިފަރެންސް" ގައި ދެންނެވިފައިވާ ޝަރުޠު ހަމަވާކަން ސާބިތުކޮށްދޭ ވަނަވަރާއެކު 11ޖޫން 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ނިޔަލަށް ތިރީގައިވާ އެޑްރެހަށް "ޕްރޮޕޯޒަލް" ހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޔުނިޓު

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

މާފަންނު، އަމީނީމަގު،

މާލެ، ދިވެހިރާއްޖެ

ފޯން: 300 3004 960 + ފެކްސް:  301 960 3004+

އީމެއިލް އެޑްރެސް: [email protected]

01 ޖޫން 2015
ހޯދާ