މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މުވައްޒަފުން ބޭނުންވެއްޖެ

މިކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމުތަކަށް ހީވާގި، މަސައްކަތަށް ޝައުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

މަޤާމު:  ސީނިއަރ ލޯޔަރ

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ލީގަލް އެފެއާޒް ޑިޕާޓްމަންޓް

 ޖުމްލަ މުސާރަ: 19،440.00ރ.

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެމްޓީ.ސީ.ސީ ޓަވަރ/ ލީގަލް އެފެއާޒް ޑިޕާޓްމަންޓް

ޝަރުޠު 

  • ޑިގްރީ އިން ޝަރީޢާ އެންޑް ލޯ ނުވަތަ މި ކޮލިފިކޭޝަނާ އެއް ފެންވަރަށް އެކްރެޑިޓް ކުރެވިފައިވާ ސަނަދެއް ލިބިފައިވުމާއެކު ދިވެހިރާއްޖޭގައި 2 އަހަރު ދުވަހު ލީގަލް ދާއިރާއެއްގައި މަސައްކަތްކުރައްވާފައިވުން. ނުވަތަ،
  • ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާއިދުގައިވާ ގޮތުގެ މަތިން ކޯރޕަރޭޓް ބިޒްނަސް މާހައުލެއްގައި ކަންކަން ދިރާސާކޮށް މައްސަލަތައް ބަލާ ޤާނޫނީ ލަފާ ދެއްވޭނެ ފަރާތެއްކަމުގައިވުން.
  • އިނގިރޭސި އަދި ދިވެހިބަހުން ފުރިހަމައަށް މުޢާމަލާތުކުރެއްވޭނެ ފަރާތެއްކަމުގައިވުން.
  • މައިކްރޮސޮފްޓް އޮފީސް ޕެކޭޖްތަކަށް ފަރިތަވުން.
  • ލީޑަރޝިޕް ހުނަރާއި ގިނަ ކަންތައްތައް އެއްފަހަރާ ކުރިއަށް ގެންދިޔުމުގެ ޤާބިލުކަމާއި އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ލީގަލް ދާއިރާގެ މަސައްކަތް މެނޭޖްކޮށް ޤާނޫނީ ލަފާ ބޭނުންވާ ކަންކަމުގައި ލަފާދެއްވުން. ވަޒީފާގައި ކުރަންޖެހޭ މަސައްކަތުގެ ތަފުސީލު ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މިމަޤާމުގެ ޓާރމްސް އޮފް ރެފަރެންސް ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުން ލިބިލައްވާނެއެވެ.

މަޤާމު: ޕްރޮޖެކްޓް ކޯޑިނޭޓަރ

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓުގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)

ޑިޕާޓްމަންޓް: ކޮންސްޓްރަކްޝަން އެންޑް ޕްރޮޖެކްޓްސް މެނޭޖްމަންޓް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: 7800.00ރ.

ސަރވިސް އެލަވަންސް: 2000.00ރ.

ޓެކްނިކަލް އެލަވަންސް: 2500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިޔުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40   

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ސީ.ޕީ.އެމް.ޑީ/ ޑިޕާޓްމަންޓުން ކަނޑައެޅިފައިވާ ސައިޓުތަކުގައި ނުވަތަ ހެޑްއޮފީހުގައި

ޝަރުޠު

  • ހަޔަރ ޑިޕްލޮމާ ނުވަތަ ޑިގްރީ ގުޅުންހުރި ދާއިރާއަކުން ނިންމާފައިވުމާއެކު 3 ނުވަތަ 4 އަހަރުގެ ކޮންސްޓްރަކްޝަން އިންޖިނިއަރިން ދާއިރާގެ ތަޖުރިބާ ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖާއި އޮޓޯކޭޑަށް ފަރިތަވުން އަދި ފޮޓޯޝޮޕް ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ޕްލޭނިންގ ޓޫލްސް ފަދަ މައިކްރޮސޮފްޓް އޮފީސް ޕްރޮޖެކްޓް ވިސިއޯ/ ޕްރިމަވެރާ އަށް ފަރިތަވުން.
  • ބިޒްނަސް މެނޭޖްމަންޓްގެ އުސޫލުތައް އެނގުމާއެކު ޕްރޮޖެކްޓް މެނޭޖްމަންޓް/ ލީޑަރޝިޕް ހުނަރާއި މީހުންނާއި ތަކެތި ބޭނުންކޮށްގެން ކޯޑިނޭޓް ކުރުމުގެ ހުނަރު ލިބިފައިވުން.
  • ކޮންސްޓްރަކްޝަން ކުރެހުންތައް ދެނެގަތުމާއި ދިރާސާ ކުރުމުގެ ހުނަރު އަދި މިމަޢުލޫމާތު ސައިޓް ސުޕަވައިޒަރުންނަށް ހިއްސާކުރުމުގެ ހުނަރު/ ޚަރަދު އަންދާސީހިސާބުކޮށް ކުއެންޓިފައި ކުރުމުގެ ހުނަރު ލިބިފައިވުން.
  • ގިނަ ޕްރޮޖެކްޓްސްތައް ހިންގުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

  • ކޮންސްޓްރަކްޝަން ޕްރޮޖެކްޓްތަކުގެ މަސައްކަތް ހިންގާ ކުރިއެރުވުން، މިކަންކަން ކުރުމަށް ލަފާދިނުމާއި ރޭވުން އަދި މިމަސައްކަތް ހިނގަމުންދާގޮތް ބެލުމާއި ކޯރޑިނޭޓްކުރުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.
  • ގުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

މަޤާމު: ޕްރޮޑަކްޓްސް އޮފިސަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: 6600.00ރ.

ސަރވިސް އެލަވަންސް: 1500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެޑިޔުކޭޝަނަލް އެލަވަންސް: ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20، ޑިގްރީއަށް އަސާސީ މުސާރައިގެ %40  

އެހެނިހެން އެލަވަންސް/އިނާޔަތް: އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ރިޓަޔަމަންޓް ޕެންޝަން ސްކީމް

މަސައްކަތް ކުރަންޖެހޭ ތަން: ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓް/އެމް.ޓީ.ސީ.ސީ ސޯމިލް

ޝަރުޠު

  • މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން. ނުވަތަ،
  • ޖީ.ސީ.އީ އޭ ލެވްލްއާ އެކު މިފަދަ ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން ނުވަތަ،
  • ޖީ.ސީ.އީ އޯ ލެވްލް އާއިއެކު މިފަދަ ދާއިރާއަކުން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހާސިލުކޮށްފައިވުން.
  • ކަސްޓަމަރުންނަށް ޕްރޮޑަކްޓްތަކުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ހުނަރު ލިބިފައިވުން އަދި ޓެކްނިކަލް ޕްރޮޑަކްޓްސް ތަކުގެ މަޢުލޫމާތު ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
  • ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މަލްޓި ޓާސްކިންގ ކުރުމުގެ ހުނަރު އަދި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • އިނގިރޭސި އަދި ދިވެހި ބަހުން ފުރިހަމައަށް މުޢާމަލާތުކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޮސޮފްޓް އޮފިސް ޕެކޭޖްތަކަށް ފަރިތަވުން އަދި ކަސްޓަމް ސޮފްޓްވެއަރތަކަށް ދެނެގަތުމަށް ޝައުޤުވެރިކަން ހުރުން.
  • ޕްރޮމޯޝަނަލް ކަންކަމުގައި ރާއްޖެތެރޭގެ އެކި ރަށްތަކަށް ދަތުރުކުރެވޭނެ މީހަކުކަމުގައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.  

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓަމަންޓްގެ ސޭލްސް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކަސްޓަމަރުންނާއި ސަޕްލަޔަރުންނަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފުރިހަމައަށް ފޯރުކޮށްދިނުން އަދި ޕްރޮޑަކްޓްސްތަކުގެ އިންވެންޓްރީ އަދި ޕްރޮމޯޓްކުރުމުގެ މަސައްކަތުގައި އެހީތެރިވުން.

މަޤާމު: ސަޕޯޓް ޓެކްނީޝަން 

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮގީ ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: 5500.00ރ. – 6200.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ޓެކްނިކަލް އެލަވަންސް: 1500.00ރ

އެޑިޔުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު

  • ޑިޕްލޮމާ އިން އައިޓީ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ 3-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • އެމް.ސީ.ޕީ/އެމް.ސީ.އެސް.ސީ / އެމް.ސީ.އެސް.އީ ފަދަ މައިކްރޯސޮފްޓް ކޮލިފިކޭޝަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ވިންޑޯޒް ސަރވަރ، ޑެސްކްޓޮޕް އޮޕަރޭޓިންގ ސިސްޓަމް އަދި، ކޯޕަރޭޓް ޕްރިންޓިންގ އިންފްރާސްޓްރަކްޗަރ، އެޑްމިނިސްޓްރޭޓް ކުރުމުގެ ތަޖުރިބާ ލިބިފައި ހުރުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓްގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަންގެ އެންމެހާ ކަންތައްތަކަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ދިނުން.

މަޤާމު: ނެޓްވާރކް ޓެކްނީޝަން 

ބޭނުންވާ އަދަދު: 01

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް:  5500.00ރ. – 6200.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ޓެކްނިކަލް އެލަވަންސް: 1500.00ރ

އެޑިޔުކޭޝަނަލް އެލަވަންސް: ދާއިރާއިން ހަދާފައިވާ ޑިޕްލޮމާއަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                     

މަސައްކަތް ކުރަންޖެހޭ ތަން: އައި.ސީ.ޓީ.ޑީ/ އެމް.ޓީ.ސީ.ސީ ޓަވަރ

ޝަރުޠު:

  • ޑިޕްލޮމާ އިން އައިޓީ ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ 3-5 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ސީ.ސީ.އެން.އޭ ނުވަތަ ކޮމްޕް ޓިއާ ނެޓް ވާރކް ގެ ތަޖުރިބާ ލިބިފައިވުން.
  • ނެޓް ވާރކް މަސައްކަތްކުރުމުގެ ތަޖުރިބާ؛ ޕީ.ސީ އޮޕަރޭޓިންގ، ހާރޑްވެއަރ އަދި ނެޓްވާރކް ސްވިޗިންގ މަސައްކަތް، ރައުޓަރ، ކޭބަލް ކުރުމާއި ކޭބަލް ޓަރމިނޭޓް ކުރުން.  
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:ޑިޕާޓްމަންޓްގައި ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް ކުންފުނީގެ އިންފޮރމޭޝަން ސިސްޓަމް އެންޑް ކޮމިއުނިކޭޝަންގެ އެންމެހާ ކަންތައްތަކަށް ބޭނުންވާ ނެޓްވާރކް ސަޕޯޓް ދިނުން.

 މަޤާމު: އެސިސްޓަންޓް ސައިޓް އޮފިސަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު:

  • ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އޯ ލެވެލް. 1-3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކޮންޕިޔުޓަރުގެ ހުނަރު ހުންނަ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ. އަދި މަސައްކަތަށް ޝައުގުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ތިލަފުށީ ސައިޓްގައި ކުރަމުންދާ މަސައްކަތް ކޯރޑިނޭޓްކޮށް އަދި ހިނގަމުންދާގޮތް ބެލުން އަދި  އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި އަމަލީ ގޮތުން ކުރަންޖެހޭ ކަންކަންކުރުން.

މަޤާމު: ބޯޓް ބިލްޑަރ އެންޑް ރިޕެއަރަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ: 6600.00ރ.

ސަރވިސް އެލަވަންސް: 1500.00ރ.

ޓެކްނިކަލް އެލަވަންސް: 2000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އޯފް ރެސިޑެންޝަލް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ކިއްސަރު ވަޑާން ކުރަން ދަންނަ ފަރާތެއްކަމުގައިވުމާއެކު 5 އަހަރުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • އޮޑި ދޯނި ފަހަރު ބަނުމުގެ މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި އޮޑިދޯނިފަހަރުގެ ވަޑާމުގެ މަސައްކަތާއި މަރާމާތުގެ މަސައްކަތްކުރުން؛ މިމަސައްކަތް ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

މަޤާމު: މެކޭނިކް

ބޭނުންވާ އަދަދު: 02

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ޓެކްނިކަލް އެލަވަންސް: 1500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ޑިޕްލޮމާ /އެޑްވާންސްޑް ސެޓްފިކެޓް އިން ހައިޑްރޯލިކް އިންޖިނިއަރިންގ. 
  • ހައިޑްރޯލިކް އިންޖީން މަރާމާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: މެކޭނިކަލް މަރާމާތުގެ އެންމެހާ ކަންތައް ހިންގައި، ރާވައި އަދި ދުވަހުން ދުވަހަށް މި މަސައްކަތުގެ ކަންކަން ބަލަހައްޓައި މި މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވެ ކުރުން.

މަޤާމު: މެޝިނިސްޓް

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

އަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ޓެކްނިކަލް އެލަވަންސް: 1500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ވޮކޭޝަނަލް ކޯސް ހަދާފައިވުން ނުވަތަ މި މަސައްކަތުގައި 1-2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރެއްގައި ކުންފުންޏަށް ބޭނުންވާ މެޝިނަރީސް މަސައްކަތް ކޮށް، ދެވިފައިވާ ގަޑިއަށް މަސައްކަތްތައް ނިންމުން.

މަޤާމު: މޭސަން

ބޭނުންވާ އަދަދު: 02

ޑިޕާޓްމަންޓް: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ޓެކްނިކަލް އެލަވަންސް: 1500.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އިންޖިނިއަރިންގ އެންޑް ޑޮކިންގ ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • 1-3 އަހަރުގެ ތަށިމުށި ޖެހުމާއި ރޭނުގެ މަސައްކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    
  • މި މަސއްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތްކަށް އިސްކަންދެވޭނެ. 
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ރަނގަޅު ފެންވަރުގައި ރޭނުމުގެ މަސައްކަތްކުރުން، ހަވާލުކުރެވިފައިވާ މަސައްކަތް ރޭވުމާއި އަދި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތް ނިންމުން.

މަޤާމު: ހޭންޑީ ޕާރސަން (މަސައްކަތު)

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ތިލަފުށި ޑޮކް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: 4700.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ތިލަފުށި ޑޮކް ޑިޕާޓްމަންޓް، އެމްޓީސީސީ /ތިލަފުށި ސައިޓް

ޝަރުޠު

  • ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ސައިޓުން އަންގާ ގޮތުގެ މަތިން ޓެކްނިކަލް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

މަޤާމު: ސުޕަވައިޒަރ

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: 6600.00ރ.

ސަރވިސް އެލަވަންސް: 1500.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް/އެމްޓީސީސީ ސޯމިލް

ޝަރުޠު

  • ޑިޕްލޮމާ އިން ކޮންސްޓްރަކްޝަން މެނޭޖްމަންޓް/ ބިޒްނަސް އެޑްމިނިސްޓްރޭޝަން/ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާފަދަ ދާއިރާއަކުން ޑިޕްލޮމާ ހާސިލުކޮށްފައިވުމާއެކު 1-2 އަހަރުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަދުވެގެން 5 އަހަރު ދުވަހު މި ދާއިރާގެ މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • ޓެކްނިކަލް އަދި ސްކިލްޑް މުވައްޒަފުންގެ މަސައްކަތް ސުޕަވައިޒްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  • މަސައްކަތް ކޯޑިނޭޓް ކުރުމާއި ޓީމެއްގައި މަސައްކަތް ކުރުމުގެ ހުނަރު ލިބިފައިވުން.
  • މައިކްރޯސޮފްޓް އެކްސެލް އަދި އޮފީސް ޕެކޭޖްތަކަށް ފަރިތަވުން
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން 

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓްގެ މެއިންޓެނަންސް މަސައްކަތް ކޯރޑިނޭޓްކޮށް އަދި ހިނގަމުންދާގޮތް ބެލުން އަދި އެންމެހާ މަސައްކަތްކުރުމުގައި އިދާރީ ގޮތުން އަދި ޢަމަލީގޮތުން ކުރަންޖެހޭ ކަންކަންކުރުން.

މަޤާމު: ހޭންޑީ ޕާރސަން (މަސައްކަތު)

ބޭނުންވާ އަދަދު: 01

ޑިޕާޓްމަންޓް: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު

އަސާސީ މުސާރަ ރޭންޖް: 4700.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ރިޕެއަރ އެންޑް މެއިންޓެނަންސް ޑިޕާޓްމަންޓް/އެމްޓީސީސީ ސޯމިލް

ޝަރުޠު

  • ކޮންސްޓްރަކްޝަން ދާޢިރާގެ މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.
  • ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ޑިޕާޓްމަންޓުން އަންގާ ގޮތުގެ މަތިން ޓެކްނިކަލް އަދި ކޮންސްޓްރަކްޝަންގެ މަސައްކަތުގެ އެކިއެކި މަސައްކަތްކުރުން.

މަޤާމު: ބަސް ކޮންޑަކްޓަރ

ބޭނުންވާ އަދަދު: 04

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ: 4700.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ އެޑިޔުކޭޝަނަލް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު

  • ގްރޭޑް 10 ގެ ފެންވަރު ނުވަތަ 1-2 އަހަރު ފައިސާއާއި މުޢާމަލާތުކުރުމުގެ ތަޖުރިބާ ލިބިފައިވުން.
  • މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.     
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަދި އޮޕަރޭޓަރ އަންގާ ގޮތުގެ މަތިން ދަތުރު ގެ އެންމެހާ ކަންތައް ބަލަހައްޓައި ޕަސިންޖަރުންގެ ޓިކެޓް ކަންތައް ބެލެހެއްޓުން މީގެ އިތުރުން ބަސް ސާފުތާހިރުކޮށް ބެލެހެއްޓުން.  

މަޤާމު:  އޮޕަރޭޓަރ (ބަސް/ވޭން)

ބޭނުންވާ އަދަދު: 09

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ  މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: 5500.00ރ.

ސާރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ ބަސް ސަރވިސް/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު

  • BO ނުވަތަ B2 ލައިސަންސް ލިބިފައިވުން.
  • މި މަސައްކަތްކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: އޮޕަރޭޝަނުން އަންގާ ގޮތުގެ މަތިން ބަސް އޮޕަރޭޓްކޮށް އަދި ޓްރާންސްޕޯޓްގެ ގަވާއިދާ އެއްގޮތަށް ޕަސިންޖަރުންނާއި އުޅަނދު ގެ ސަލާމަތްތެރިކަމާއެކު ބަސް އޮޕަރޭޓްކުރުން.

މަޤާމު:  އޮޕަރޭޓަރ (ފެރީ/ދޯނި)

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ  މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)       

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ ރޭންޖް: 5500.00ރ. 

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް/ ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.                                        

މަސައްކަތް ކުރަންޖެހޭތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު:

  • ފެރީ/ދޯނި ފަހަރު ދުއްވުމުގެ ލައިސަންސް ލިބިފައިވުން. (ލައިސަންސް C, E, F ކެޓަގަރީ)
  • ކަނޑުމަތީ މަސައްކަތުގައި ގިނަވަގުތު އުޅެވޭ ފަތަންދަންނަ މީހަކު ކަމުގައިވުން.
  • އޮޕަރޭޓަރ މަސައްކަތުގައި ތަޖުރިބާލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ކަސްޓަމަރުންނަށް އިހުތިރާމާ އެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރާ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.    

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ކަނޑައަޅާ އުޅަނދެއްގެ އިސް މީހެއްގެ ގޮތުގެ ޒިންމާނަގައި، ކުންފުނިން އަންގާ ޝެޑިއުލާ އެއްގޮތަށް ފަޅުވެރިންނާއި، ޕެސެންޖަރުންނާއި މުދަލާއި އުޅަނދުގެ ސަލާމަތްތެރިކަމާއެކު ދަތުރުކުރުން.

މަޤާމު: ކްރޫ  

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ބޭނުންވާ އަދަދު: 09

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

އަސާސީ މުސާރަ: 4700.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ، ކޮއްތު އަދި ޓްރިޕް އެލަވަންސް /ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުސޫލުގެ މަތީން ކުންފުނީގެ ހެލްތު އިޝުއަރެންސް ލިބިދެވޭނެއެވެ.                          

މަސައްކަތް ކުރަންޖެހޭ ތަން: ކުންފުނިން ކަނޑައަޅާ އުޅަނދެއްގައި/ ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު

  • އަސާސީ ތަޢުލީމީ ފެންވަރު
  • ފަތަންދަތުމާއެކު ކަނޑުމަތީގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކު ކަމުގައިވުން.
  • ކަސްޓަމަރުންނަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަޠު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް:

ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ހެދިފައިވާ ގަވައިދާއި އުސޫލުތަކުގެ މަތިން ކުންފުނީގެ އުޅަނދުފަހަރު ދުއްވުމުގައި އެއުޅަނދެއްގެ އޮޕަރޭޓަރާއި ޕެސެންޖަރުންނަށް އެހީތެރިވުމާއި އެއްބާރުލުން ދިނުން އަދި އުޅަނދު ސާފުތާހިރުކޮށް ބެލެހެއްޓުން.

މަޤާމުސެކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 02

ވަޒީފާގެ ބާވަތް: ކޮންޓްރެކްޓް – 1 އަހަރު (ކޮންޓްރެކްޓްގެ މުއްދަތު އިތުރު ކުރުމަށް ހަމަޖެހިފައިވަނީމަސައްކަތުގެ ފެންވަރުގެ ނަތީޖާއަށް ބެލުމަށްފަހު)  

ޑިޕާޓްމަންޓް: ފެރީ ސަރވިސަސް ޑިޕާޓްމަންޓް

މުސާރަ: 4700.00ރ.

ސަރވިސް އެލަވަންސް: 1000.00ރ.

ފިކްސްޑް އެލަވަންސް: އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/ އިނާޔަތް: ހަމަޖެހިފައިވާ އުސޫލުގެ މަތީން އިތުރުގަޑީގެ ފައިސާ/ ރިޓަޔަރމަންޓް ޕެންޝަން ސްކީމް އަދި ކުންފުނީގެ ހެލްތު އިންޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: ހުޅުމާލެ/މާލެ ނުވަތަ ވިލިނގިލި/މާލެ ފެރީ ޓަރމިނަލް- ފެރީ ސަރވިސަސް ޑިޕާޓްމަންޓް

ޝަރުޠު

  • ގްރޭޑް 10 ގެ ފެންވަރު ނުވަތަ މި މަޤާމުގެ މަސްއޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން ތަޖުރިބާ ހުރުމާއެކު ޤާބިލުކަންހުރުން.
  • ޚިދުމަތް ހޯދާ ފަރާތްތަކަށް އިޙުތިރާމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  • މަސައްކަތަށް ޝައުޤުވެރިކަން ހުރުމާއެކު ހީވާގިކަމާއެކު މަސައްކަތްކުރެވޭނެ ޞިއްޙަތު ރަނގަޅު މީހަކު ކަމުގައިވުން.

ވަޒީފާގައި ކުރަންޖެހޭ މަސައްކަތް: ކުންފުނީގެ ފެރީ ޓާރމިނަލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި އަދި މިފަދަ ތަންތަނުގެ ޚިދުމަތް ހޯދާ ފަރާތްތަކަށް އެންމެ އެދެވޭ ގޮތުގައި އެހީތެރިވުން.

ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވާފަރާތްތަކުން 08 ޖޫން 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން އެމް.ޓީ.ސީ.ސީ ހެޑް އޮފީހަށް "ޖޮބް އެޕްލިކޭޝަން ފޯމު" ފުރިހަމަކުރެއްވުމަށްފަހު، ފޯމާއެކު ލިބިވަޑައިގެންފައިވާ ތަޢުލީމީ ސަނަދުތަކުގެ އަސްލާ އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒްގެ ފޮޓޯއެއް ހުށަހެޅުއްވުން އެދެމެވެ. މިތަކެތި ފެކްސް އަދި އީމެއިލުންވެސް ޤަބޫލު ކުރެވޭނެއެވެ. މި ފޯމު ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުން ލިބެން ހުންނާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވޭނެއެވެ.

ފެކްސް ނަންބަރު: 3221 332

އީމެއިލް: [email protected]

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓުފިކެޓު ހުށައަޅާފައިވާނަމަ، އިންޓަރވިއުއަށް ހާޒިރުވާންވާނީ ސެޓުފިކެޓުތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއުއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.
  • އިންޓަރވިއު އަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ކުށުގެ ރިކޯޑަށް ބަލާނެއެވެ.

13 ޝަޢުބާން 1437

31 މޭ 2015
ހޯދާ