ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަމުގައި ވިއްކާލުން

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ކޮމްޕިއުޓަރާއި ފަރުނީޗަރު ފަދަ ތަކެތި) 03 ސެޕްޓެމްބަރު 2024 ވާ  ބުދަ ދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން އޮންނަ ތަން:  ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
               މއ އުތުރުވެހ 5 ވަނަ ފަންގިފިލާ
               ކެނެރީ މަގު / މާލެ

މުދާ ބެލޭނެ އިންތިޒާމް ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 03 ސެޕްޓެމްބަރު 2024 ވާ ދުވަހުގެ މެންދުރު 16:00 ގައި އޮންނާނެއެވެ.

 ނީލަން ގަޑި: މެންދުރު 16:00 (03 ސެޕްޓެމްބަރު 2024 ވާ  ބުދަ ދުވަހު) 

ފައިސާ ދެއްކުން:  ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ. 

މުދާ ގެންދިއުން:  ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ.

އިތުރުމަޢުލޫމާތު:                     
  •       ނީލަން ލިސްޓްގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ.
  •       މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު (ލިސްޓް 1 އެއްކަރުދާސް ކުރެވިފައިވާނެއެވެ.
  •      ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.
މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3336619 ފޯނަށް ގުޅުއްވުން އެދެމެވެ. 
25 އޮގަސްޓް 2024
ހޯދާ