ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2014 ވަނަ އަހަރުގެ ފައިދާ ދޫކުރުމާ ބެހޭ

އެސްޓީއޯ ޕލކ ގެ ހިއްސާދާރުންނަށް 2014 ވަނަ އަހަރުގެ ފައިދާ ދޫކުރުމާބެހޭ

2015 މޭ 29 ގައި ބޭއްވުނު މިކުންފުނީގެ 2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާގައި 2014 ވަނަ އަހަރުގެ ކުންފުނީގެ ފައިދާގެ ތެރެއިން ހިއްސާދާރުންނަށް ހިއްސާއަކަށް -/76ރ. (ހަތްދިހަ ހަރުފިޔާ) ބެހުމަށް ފާސްކޮށްފައިވާތީ، 2015 ޖޫން 21 ވަނަ ދުވަހުން ފެށިގެން މިފައިސާ ދޫކުރަންފެށޭނެ ވާހަކަ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. ހިއްސާގެ ފައިދާ ދޫކުރާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:30 އިން ފެށިގެން މެންދުރުފަހުގެ 1:00 އާ ދެމެދު ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ މައިއޮފީހުންނެވެ.

ހިއްސާގެ ފައިދާ ނަންގަވަން ވަޑައިގަންނަވާއިރު އައިޑީކާޑުގެ ކޮޕީ ނުވަތަ ހިއްސާގެ ސެޓުފިކެޓު ގެންނަވަންވާނެއެވެ. އަދި ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑުގެ ކޮޕީއަކާއެކު ހިއްސާދާރު ސޮއިކުރައްވާފައިވާ ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. މިފަދައިން ހުށަހަޅުއްވާއިރު، ހިއްސާދާރުގެ އައިޑީ ކާޑު ނުވަތަ ހިއްސާގެ ސެޓުފިކެޓުގެ ކޮޕީއެއްވެސް ހުށަހަޅުއްވަންވާނެއެވެ.

ހިއްސާގެ ފައިދާ ބޭންކް އެކައުންޓަށް ޖަމާކުރުމަށް މިހާރު ރަޖިސްޓަރީކުރައްވާފައިވާ ފަރާތްތަކުގެ އެކައުންޓަށް، 2015 ޖޫން 21 އިން ފެށިގެން މަސްދުވަހުގެ ތެރޭގައި ފައިދާ ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ.

ބޭންކް އެކައުންޓަށް އަލަށް ޖަމާކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން "ބޭންކަށް ފައިދާ ޖަމާކުރުމަށް އެދޭ ފޯމު" ފުރުއްވުމަށްފަހު ކުންފުންޏަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިފޯމު ކުންފުނީގެ ވެބްސައިޓް އަދި މައިއޮފީހުގެ ރިސެޕްޝަނުން ލިބިވަޑައިގަންނަވާނެއެވެ. މިފަދައިން ހުށަހެޅޭ ފޯމުތަކަށް ފޯމު ހުށަހަޅުއްވާތާ މަސްދުވަހުގެ ތެރޭގައި ހިއްސާގެ ފައިދާ ޖަމާކޮށްދެވޭނެ ވާހަކަވެސް ދަންނަވަމެވެ.

ހިއްސާދާރުންގެ އެއްވެސް މަޢުލޫމާތަކަށް (ނަން، އެޑްރެސް ނުވަަތަ ބޭންކް އެކައުންޓް ފަދަ) ބަދަލެއް އައިސްފައިވާނަމަ، 2015 ޖޫން 14 ގެ ކުރިން އެކަން ސިޓީއަކުން ކުންފުންޏަށް އަންގަވައިދެއްވުން އެދެމެވެ.

ހަމަމިއާއެކު، މިހާތަނަށް ކުންފުނިން ދޫކޮށްފައިވާ ހިއްސާގެ ފައިދާ ނުނަންގަވާ ފަރާތްތަކުން އެފައިސާ ނެންގެވުމަށްވެސް އިލްތިމާސްކޮށް، ހަނދުމަކޮށް އަރުވަމެވެ.

15 ޝަޢުބާން 1436

02 ޖޫން 2015
ހޯދާ