ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރޭލްފަނި ކޮންޓްރޯލް ކުރުމާއި ގުޅޭ:

    މި ސިޓީގައި އާދަޔާއި ހިލާފަށް ރޭލްފަނި ގިނަވެ އޭގެ ސަބަބުން ރައްޔިތުންނަށް އުނދަގޫވާ ކަމުގެ ޝަކުވާ އަންނަނީ މިކައުންސިލަށް ލިބެމުންނެވެ. އަދި މިތަތެކި ނައްތާލުމުގެ މަސައްކަތް ކައުންސިލުން އަންނަނީ މިނިސްޓްރީ ތަކާއި ގުޅިގެން ކުރަމުންނެވެ. މީގެ އިތުރުންވެސް ރޭލްފަނި އާލާވިޔަ ނުދީ އެތަކެތި ނައްތާލުމަށްޓަކައި އަމިއްލައަށް ކުރެވޭނެ ކަންކަން ތިރީގައި މިދަންނަވަނީ އެވެ. ވީމާ، އެންމެހާ ބޭފުޅުންވެސް މިކަންތަކަށް ސަމާލުކަން ދެއްވައި މިގޮތަށް އަމަލު ކުރެއްވުމަށް ދަންނަވަމެވެ.

-          ރޭލްފަނި ކެއުމަށް ބޭނުންކުރާ ތަކެތި ގޭގައި ނުވަތަ ގެކައިރީގައި ނުބެހެއްޓެވުން. މީގެ ތެރޭގައި މަކުނު އަދި އެހެނިހެން ފަނިފަކްސާ ގޭތެރެއިން ނައްތާލުން

-          ރޭލްފަންޏަކީ ހޮރުހޮރު ފަދަ ތަންތަނުގައި އުޅޭފަންޏެއްކަމުން މިފަނި ކޮންޓްރޯލް ކުރުމަށްޓަކައި މިފަދަ ތަންތަން ނައްތާލުން

-          ގޭތެރޭގެ ސާފުތާހިރުމަކަށް އިސްކަންދީ ކުނިވާ ޒާތުގެ ކުނިބުނި ގޭތޭގައި ނުބެހެއްޓުން، އަދި ހާއްސަކޮށް  ބޭނުންނުކުރާ ގަސްގަހުގެ ބައިތައް (ފިލާ، ލަކުޑި) ފަދަ ތަކެތި ގިނަދުވަސް ވަންދެން ނުބެހެއްޓުން.

-          ރޭލްފަނި ބޮޑަށް އާލާވަނީ ފިނި ހިސާބުތަކުގައި ކަމަށްވުމުން މިފަދަ ތަންތަނުގައި (ފާހާނާ، ބަދިގެ އަދި ކޮޓަރި) ޑީހިއުމިޑްފަޔަރ ނުވަތަ އެގްޒޯސް ބޭނުންކުރުން.

-          ރޭލްފަނި ވަންނަ ތަންތަން ފާހަނގަކޮށް އެތަންތަން ނައްތާލުން.

-          މިފަނި ނިކުންނަ ތަންތަނުގައި ސްޓިކީ ޓްރެޕްފަދަ ތަކެތި ބޭނުން ކޮށްގެން ފަނި ނައްތާލުން.

22 އޮގަސްޓް 2024
ހޯދާ