އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު:

އިޢުލާން

ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު:

މާފާތު ބަގީޗާއަށް ކުޅޭސެޓް ހޯދުން

އއ.މާޅޮހު މާފާތު ބަގީޗާއަށް (ކުޑަކުދިންގެ ޕާކް) ކުޅޭ ސެޓްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

ކޯޓޭޝަން ހުށަހަޅާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. މި މަސައްކަތައް ކޯޓޭޝަން ހުށަހެޅޭނީ ކުންފުނި (ޕާރޓްނަރޝިޕް) ތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ (އެސްއެމްއީ) ގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.
  2. އަގުހުށަހަޅަންވާނީ މަޢުލޫމާތު ޝީޓުގައިވާ ގޮތަށް، ވަކިވަކި އައިޓަމްތަކުގެ އަގު ހިމަނައިގެންނެވެ.އަދި ދީފައިވާ ސްޕެސިފިކޭޝަނަށް ފެތޭ ތަކެއްޗަށް ވާންވާނެއެވެ.
  3. ހުށަހަޅާ ތަކެތީގެ ފޮޓޯ ހުށަހަޅަންވާނެއެވެ.
  4. ޖީ.އެސް.ޓީ ހިމަނާނަމަ ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް ހުށަހަޅަންވާނެއެވެ.
  5. ވިޔަފާރި ރަޖިސްޓްރީ ކޮޕީ ހުށަހަޅަންވާނެއެވެ.
  6. މި ތަކެތި ފޯރުކޮށްދޭފަރާތުން ތަކެތި ބޯޓަށް ޑެލިވަރ ކޮށްދޭންވާނެއެވެ.
  7. މައުލޫމާތު ކަރުދާސް އިއުލާނާ އެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ މިއަދުން ފެށިގެން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ.

[email protected]  

ކޯޓޭޝަން ހުށަހެޅުން

ކޯޓޭޝަން ހުށަހަޅާނީ [email protected] އަށް ނުވަތަ ކައުންސިލްގެ އިދާރާއަށް 29 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ކުރިންނެވެ.

                  ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރީމެވެ.                   

22 އޮގަސްޓް 2024
ހޯދާ