މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2014ވަނަ އަހަރުގެ ހިއްސާގެ ފައިދާ ދޫކުރުން

2014ވަނަ އަހަރުގެ ހިއްސާގެ ފައިދާ ދޫކުރުން

މިކުންފުނީގެ 2014 ވަނަ އަހަރުގެ ހިއްސާގެ ފައިދާ 07 ޖޫން 2015 ވާ އާދީއްތަ ދުވަހުން ފެށިގެން ދޫކުރަމަށް ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ. 2014 ވަނަ އަހަރުގެ ފައިދާއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ، ހިއްސާއަކަށް -/20 ރުފިޔާއެވެ. އަދި 1981 ވަނަ އަހަރުން ފެށިގެން މިހާތަނަށް ފައިދާ ނުނަންގަވާ ތިއްބެވި ހިއްސާދާރުން މި އަހަރުތަކުގެ ފައިދާ ނެންގެވުމަށް އިލްތިމާސްކުރަމެވެ.

ހިއްސާގެ ފައިދާ ނެންގެވުމަށް ހިއްސާދާރަކު ވަޑައިގަންނަވާއިރު ހިއްސާގެ ސެޓުފިކެޓާއި އައިޑެންޓިޓީ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެންފަރާތެއް ފޮނުއްވާނަމަ، އެފަރާތަކާއި ފައިދާ ނެންގެވުމަށް ހަވާލުކުރެއްވިކަމުގެ ސިޓީއަކާއެކު އައިޑެންޓިޓީ ކާޑު ނުވަތަ ކާޑުގެ ފޮޓޯކޮޕީ އަދި ހިއްސާގެ ސެޓުފިކެޓު ފޮނުއްވަންވާނެއެވެ. މިގޮތުން ފައިދާ ނަންގަވަން ވަޑައިގަންނަވާ ފަރާތުގެ އައި.ޑީ.ކާޑު ވެސް ގެންނަވަަންވާނެއެވެ. ހިއްސާދާރަކީ ކުޑަކުއްޖެއްނަމަ އޭނާގެ ފަރާތުން ސިޓީ ފޮނުއްވާނީ އެ ކުއްޖާގެ ބެލެނިވެރިޔާއެވެ.

އަދި ދަންނަވަމެވެ. ބޭންކް އެކައުންޓަށް ހިއްސާގެ ފައިދާ ޖަމާކުރުމަށްްް އެދިވަޑައިގެންފައިވާ ފަރާތްތަކުގެ ހިއްސާގެ ފައިސާ، ފައިދާ ދޫކުރަން ފަށާ ތާރީޚުން ފެށިގެން 1 މަސްދުވަހުގެ ތެރޭގައި ޖަމާކޮށްދެވޭނެ ވާހަކަ ދަންނަވަމެވެ. ހިއްސާގެ ފައިދާ ބޭންކަށް ޖަމާކުރެއްވުމަށްް ބޭނުންފުޅުވެވަޑައިގަންނަވާ ފަރާތްތަކުން މިކުންފުނިން ދޫކުރާ "ބޭންކަށްް ހިއްސާގެ ފައިދާ ޖަމާކުރުމަށްް އެދޭ ފޯމު" ފުރުއްވުމަށްްފަހު އައި.ޑީ.ކާޑުގެ ކޮޕީ، އަދި ހިއްސާގެ ސެޓުފިކެޓުގެ ކޮޕީ އަދި ބޭންކް އެކައުންޓް އެނގޭނެ ލިޔުމެއް މިކުންފުންޏަށް ހުށަހެޅުއްވުމުން އެފަރާތްތަކުގެ ހިއްސާގެ ފައިދާވެސް ބޭންކަށް ޖަމާކުރެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ވާހަކަ ދެންނެވީމެވެ.

ހިއްސާގެ ފައިދާ ދޫކުރަމުން ގެންދާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 8:00 ން 3:00 އަށް އެމްޓީސީސީ ހެޑް އޮފީސް، 7 ވަނަ ފަންގިފިލާ، އެމްޓީސީސީ ޓަވަރުންނެވެ.

2014 ވަނަ އަހަރުގެ އަހަރީ ޢާންމު ޖަލްސާއިން ހިއްސާދާރުންނަށް ދިނުމަށް ފާސްކުރެވުނު ބޯނަސް ހިއްސާއަށް ފައިދާ ދިނުމަށް ހަމަޖެހިފައިވަނީ 2015 ވަނަ އަހަރުގެ ފައިދާއިން 2016 ވަނަ އަހަރުން ފެށިގެންކަމުގައިވެސް ދެންނެވީމެވެ. 

16 ޝަޢުބާންް 1436

03 ޖޫން 2015
ހޯދާ