ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ފުވައްމުލަކު މާދަޑު އަވަށު ފުޓްސަލް ދަނޑު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- ފުވައްމުލަކު މާދަޑު އަވަށު ފުޓްސަލް ދަނޑު ތަރައްޤީ ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 28 އޮގަސްޓު 2024 ވާ ބުދަ ދުވަހުގެ ގެ 12:00 ގެ ކުރިން މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ ފުރިހަމަ ނަން) މެއިލްކޮށްދެއްވުން އެދެމެވެ.
- ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 29 އޮގަސްޓު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.
- މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 01 ސެޕްޓެންބަރު 2024 އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 01 ސެޕްޓެންބަރު 2024 އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.
- ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 05 ސެޕްޓެންބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް ގައެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ފުވައްމުލަކު ސިޓީ ކައުންސިލް،
ނަރުގިސްމަގު، މާދަޑު، ފުވައްމުލައް، 1804، ދިވެހިރާއްޖެ.
ފޯން: 6862812
އީމެއިލް: [email protected]
22 އޮގަސްޓް 2024
ހޯދާ