މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ރ.މާކުރަތު ޓިއުލިޕް ގޭގެ ހުޅަނގުން އޮތް ހުސްބިމުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ކުޑަކުދިންގެ ޕާކު ތަރައްޤީ ކުރުމުގެ މަސައްކަތް ކައުންސިލުންދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 އޮގަސްޓް 2024 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ރަޖިސްޓްރީކޮށް 08 ސެޕްޓެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 13:00 ބީލަން ހުށަހެޅުމަށް ދަންނަވަމެވެ. އަދި މިމަސައްކަތަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

20 އޮގަސްޓް 2024
ހޯދާ