ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުވައްމުލައް ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ މިނިވަން ޑިރެކްޓަރ

"ފުވައްމުލައް ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނި" މިނިވަން ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލުން

 

 

    ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2010/7) ގެ 11 ވަނަ ބާބު، 70 ވަނަ މާއްދާ "ކައުންސިލްތަކުން ވިޔަފާރިކުރުން" ގެ (ހ) އަދި (ށ) ވަނަ މާއްދާގައި ބަޔާންކުރާ ހަމަތަކުގެމަތިން އުފެއްދުމަށް ހަމަޖެހިފައިވާ "ފުވައްމުލައް ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނި"ގެ ޑިރެކްޓަރުންގެ ބޯޑަށް މިނިވަން ޑިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

    ފުވައްމުލައް ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ބޯޑު ޑިރެކްޓަރުން ހޮވާނީ "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" ގަވާއިދު ނަންބަރު: 2021/R-49) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީންނެވެ.

   

    ތިރީގައި އެވަނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމުގެ ގަވާއިދު "ކައުންސިލްތަކުން ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމާއި، އަމިއްލަ ފަރާތްތަކާއެކު ވިޔަފާރިކުރުމާބެހޭ ގަވާއިދު" (ގަވާއިދު ނަންބަރު: 2021/R-49) ގައި ރަޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައަޅުއްވާފައިވާ ޝަރުތުތަކެވެ.

   

    މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، "ފުވައްމުލައް ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނީގެ ޑިރެކްޓަރުން ބޯޑަށް ކުރިމަތިލުމަށް އެދި ސީވީ"  އައިޑީ ކާޑް އަދި ގުޅުންހުރި ލިޔެކިޔުންތަކާއިއެކު ، 27 އޮގަސްޓް 2024 ވާ އަންގާރަ ދުވަހުގެ13:00 ގެ ކުރިން [email protected]  އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

 

ސިޓިންގ އެލަވަންސް ކޮންމެ ޖަލްސާއަކަށް 500 (ފަސްސަތޭކަ) ރުފިޔާ

 

 

"ފުވައްމުލައް ސިޓީ ލޯކަލް އޮތޯރިޓީ ކުންފުނި" މިނިވަން ޑިރެކްޓަރުގެ ޝަރުތުކާއި ޒިންމާތައް

 

(ހ) އުމުރުން 18 (އަށާރަ) އަހަރުފުރިފައިވާ ދިވެއްސަކުކަމުގައިވުން

(ށ) މަތީ ސާނަވީ ތަޢްލީމު ފުރިހަމަކޮށްފައިވުމާއިއެކު، 2 (ދޭއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

(ރ) ކައުންސިލްގެ ދާއިމީ ވަޒީފާއެއް އަދާކުރާ ފަރާތެއް ކަމުގައި ނުވުން.

(ބ) ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް އިން ކަނޑައަޅާފައިވާ  ޑިރެކްޓަރުންގެ ތަމްރީން ފުރިހަމަކުރުމަށް އެއްބަސްވާ ފަރާތަކަށްވުން.

(ޅ) މަޤާމުގެ ހައިސިއްޔަތުން ނިންމާ ނިންމުންތަކާއި ކުރާ ކަންކަމުގައި ނުކުންނަ ކޮންމެ ނަތީޖާއަކަށް ޒިންމާވުން

(ކ) ކުންފުނިން ކަނޑައަޅާ ހަމަތަކާއި އުސޫލުތަކާއި އެއްގޮތަށް ކުންފުނީގެ އެތެރޭގަޔާއި ބޭރުގައި މުއާމާލާތް ކުރުން

(އ) ކުންފުނީގެ މަސައްކަތާއި ގުޅޭގޮތުން ކުރިއަށް ގެންދާ ތަހުޤީގުތަކާއި މައުލޫމާތު ސާފުކުރުމުގެ ކަންކަމުގައި އެއްބާރުލުން ދިނުން

 

 

16 ޞަފަރު 1446

20 އޮގަސްޓް 2024

20 އޮގަސްޓް 2024
ހޯދާ