މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ފޮޓޯ މައުރަޒެއް ބޭއްވުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ވުމާ ގުޅިގެން މި މިނިސްޓްރީން ފޮޓޯ މައުރަޒެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި، މިމިނިސްޓްރީގެ ލަފާގެ މަތިން މިއިވެންޓް ރާވައި ހިންގަން ޝައުޤުވެރިވާ ފަރާތްތަކުން 09 ޖޫން 2015 ވަނަ ދުވަހުގެ 14:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 15 ޖޫން 2015 ވަނަދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.   

04 ޖޫން 2015
ހޯދާ