މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް
ދިވެހިރާއްޖެ
ޕްރޮކިއުމަންޓް އޮފިސަރ

މަޤާމް:

ޕްރޮކިއުމަންޓް އޮފިސަރ

މަޤާމުގެ ނަންބަރު:

J-396791

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް / ސެކްޝަން:

ޕްރޮކިއުމަންޓް ސެކްޝަން

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް، ކ.މާލެ

މުސާރަ:

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2000 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ސްޕެޝަލް ޑިއުޓީ އެލަވަންސް: އަސާސީ މުސާރައިގެ %35 (މަހަކު).
  2. ސަޕޯޓިންގ ކޯ އެލަވަންސް: -/700 ރުފިޔާ (މަހަކު).
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ޕްރޮކިއުމަންޓްއަށް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތަކަށް ވެރިއެއްގެ މަޝްވަރާއާއެކު، ޖަވާބުދަރީވެ، ސެކްޝަން/ޑިޕާޓްމަންޓް/ޔުނިޓްތަކުން އެދޭ ކަންތައްތައް ހަމަޖައްސައިދިނުން.
  2. މިނިސްޓްރީގެ އެންމެހާ ޑިޕާޓްމަންޓުތަކުގެ ހިންގުމަށާއި އެކި ޕްރޮޖެކްޓްތަކަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދުމަށް ފިހާރަތަކަށް އީމެއިލް ކުރުމާއި ފިހާރަތަކަށްގޮސް ކޯޓޭޝަން ބޭނުންވާ ވަގުތަށް ހޯދުން.
  3. ތަކެތި ގަތުމަށް ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ޕާރޗޭސް އޯޑަރުތައް ހިފައިގެން ފިހާރަތަކަށް ގޮސް ފިހާރަތަކުން މުދާ ގެނަސް މުދާ ހޯދަން އެދުނު ސެކްޝަނާއި ޙަވާލުކުރުން.
  4. ފިހާރަތަކަށް ފޮނުވާ ޕާރޗޭސް އޯޑަރތައް ނަގައި އެންޓްރީ ޝީޓް އަޕްޑޭޓް ކުރުން.
  5. މިނިސްޓްރީއަށް ހޯދާ ބައެއް ކަހަލަ ތަކެތި ބަލަން ފިހާރަތަކަށް ގޮސް އެތަކެތީގެ ސާމްޕަލް ގެނެސް ކަމާއިބެހޭ ސެކްޝަނުން ފާސް ކުރުވުމަށްފަހު އެތަކެތި އަނބުރާ ފިހާރަތަކަށް ގެންދިއުން.
  6.  35000/-ރުފިޔާއިން ދަށުގެ މަސައްކަތްތަކަށް އެގްރިމަންޓް ތައްޔާރުކުރަން އެޑްމިންއަށް ފޮނުވައި ސޮއިކޮށްގެން ލިބުމުން ހުރިހާ ލިޔެކިޔުންތައް ދުވަހުން ދުވަހަށް ޕޭމަންޓް ޔުނިޓްއާއި ޙަވާލުކުރުން.
  7. މިނިސްޓްރީ އާއި މިނިސްޓްރީއާގުޅޭ ދާއިރާތަކުން ނީލަމަށް ފޮނުވަންޖެހޭ ތަކެތި، ނީލަން ފިހާރައާއި ވާހަކަ ދައްކައިގެން ޖާގައެއް ލިބޭ އެންމެ އަވަހަކަށް ނީލަމަށް ފޮނުވުމާއި އެކަމާގުޅިގެން ކުރަންޖެހޭ އެންމެހާ އިދާރީ މަސައްކަތްތައް ވެރިންގެ ލަފައާއިއެކު ކުރުން.
  8. މިނިސްޓްރީއިން ޚިދުމަތް ހޯދާ މަސައްކަތްތަކުގެ ބިލްތަކަށް ފައިސާ ދެއްކުން ބޭނުންވާ ހުރިހާ ލިޔެކިޔުންތަކާއި ސޮއިތައް ހަމަކުރުމަށްފަހު 3 ދުވަހުގެ ތެރޭގައި ބިލްތަކަށް ފައިސާދައްކަން ފައިނޭންސް ސެކްޝަންއަށް ފޮނުވުން.
  9. ޕޭމަންޓް ޔުނިޓަށް ލިބޭ ހުރިހާ ފޯމްސެޓްތައް ސްކޭންކޮށް ވަކި އޯޑަރެއްގެ މަތިން ރެކޯޑްކޮށް ބެލަހައްޓައި އަދި މި ފޯމްސެޓް ތަކަށް ބިލް ލިބުނުތޯ ޗެކުކުރުން.
  10. ފައިނޭންސް ސެކްޝަނަށް ފޮނުވޭ ހުރިހާ ބިލްތަކުގެ ސްކޭން ކޮޕީ އާއިއެކު ހުރިހާ ރެކޯޑެއް ބެލެހެއްޓުން.
  11. ބިލްތަކުގެ ސްޓޭޓަސް ބަލަން ގުޅާ މީހުނާއި މިނިސްޓްރީއަށް ވަޑައިގަންނަވާ މީހުންނަށް ޖަވާބުދާރީވެ އަދި އެ ބޭފުޅުންގެ ސްޓޭޓްމެންޓްތައް އަޕްޑޭޓްކޮށް ބިލްތަކުގެ ހާލަތު ލިޔުމުން ފޮނުވުން.
  12. ދުވަހުން ދުވަހަށް ލިބޭ ފޯމްސެޓްތައް ބަލައި އެ ފޯމްސެޓްތަކަށް ބިލްތައް ލިބިފައިނުވާނަމަ އެފަރާތްތަކާއި ގުޅާގެން އެބިލްތައް ހަފްތާއެއްގެ ތެރޭގައި ލިބޭނެ އިންތިޒާމް ހަމަޖެއްސުން.
  13. ކޮންމެ މަހަކު ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް ފައިނޭންސް ސެކްޝަނަށް ފޮނުވާފައިވާ ބިލްތަކާއި ނުފޮނުވޭ ބިލްތައް ފާހަގަކޮށް ނުފޮނުވުނު ސަބަބު ބަޔާންކޮށް ސެކްޝަންގެ ވެރިޔާއަށް ފޮނުވުން.
  14. ޕްރޮކިއުމަންޓް ރޫޓް ކުރެވޭ ހުރިހާ ލިޔެކިޔުންތައް އެންޓްރީ ކުރުން.
  15. ޕްރޮކިއުމަންޓްއިން އެހެން ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް އެ ސެކްޝަންތަކާއި ޙަވާލުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ޑިޕްލޮމާ ނުވަތަ 6 ގެ އެޑްވާންސް ޑިޕްލޮމާ / އެސޯސިއޭޓް ޑިގްރީ ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

-   އެކައުންޓިންގ

-   އެޑްމިނިސްޓްރޭޝަން

-   ބިޒްނަސް އެޑްމިނިސްޓްރޭޝަން

-   ބިޒްނަސް މެނޭޖްމަންޓް

-   ފައިނޭންސް

-   މެނޭޖްމަންޓް

-   ޕަބްލިކް އެޑްމިނިސްޓްރޭޝަން

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

-   އެޑްމިނިސްޓްރޭޝަން

-   މެނޭޖްމަންޓް

މަޤާމުގެ ޕްރިފަރޑް ޑިސިޕްލިންތައް:

-   ބިޒްނަސް އެޑްމިނިސްޓްރޭޝަން

-   ބިޒްނަސް މެނޭޖްމަންޓް

-   ޕަބްލިކް އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭ ކަންތައްތައް:

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

ކޯ ނުވަތަ ޕްރިފަރޑް ޑިސިޕްލިން އަށް ދެވޭ ޕޮއިންޓް

5

އަސާސީ ޝަރުޠައް ވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

20

އިންޓަރވިއު

35

  1. މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60  (ފަސްދޮޅަސް) އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.
  2. މިކްރައިޓީރިއާގައި ހިމެނޭ މަޤާމްތަކަށް އެސެސްމަންޓާއި ޕްރެޒެންޓޭޝަނެއް ދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް (ސްޓެލްކޯ ބިލްޑިންގ 05 ވަނަ ފަންގިފިލާ، އަމީނީމަގު، މާލެ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ފީ.ޑީ-އެފް (PDF) ފޯމެޓްގައި ފޮނުއްވުމަށް ދެންނެވީމެވެ. ވަޒީފާއަށް އެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކުސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އަދި އިމްތިހާން ނުވަތަ ޕްރެޒެންޓޭޝަން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިހާން އަދި އިންޓަވިއު އޮންނާނީ 25 އޮގަސްޓް 2024 އާއި 29 އޮގަސްޓް 2024 އާއި ދެމެދު، މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވަރކްސް ގައެވެ. އިމްތިހާނާއި އިންޓަވިއު އޮންނާނެތަނުގެ މަޢުލޫމާތު، ވަޒީފާއަށް ކުރިމަތިލިފަރާތްތަކަށް ދުރާލާ އެންގޭނެއެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)"އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް ( A2 ފޯމު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ފޯމު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 4004706 /3031209 / 3027401 ނަންބަރު ފޯނަށެވެ. އީ-މެއިލް  [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/dv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

18 އޮގަސްޓް 2024
ހޯދާ