މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޕްރީސްކޫލް ޓީޗަރ (އާކް ޕްރީސްކޫލް)

މަޤާމު: 

ޕްރީސްކޫލް ޓީޗަރ (އާކް ޕްރީސްކޫލް) 

ބޭނުންވާ އަދަދު: 

01 (އެކެއް) 

މަޤާމުގެ ގިންތި: 

ކޮންޓްރެކްޓް 

ވަޒީފާ އަދާކުރަން ޖެހޭ ތަން: 

އާކް ޕްރީސްކޫލް / ށ.ފުނަދޫ  

މުސާރަ: 

-/2000 ރުފިޔާ   

ސަރވިސް އެލަވަންސް: 

-/1500ރުފިޔާ  

މަސައްކަތްކުރަންޖެހޭ ވަގުތު: 

ރަސްމީ ދުވަސްތަކުގައި ދުވާލަކު 3 ގަޑިއިރާ 30 މިނެޓް 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 

  1.   ކަނޑައެޅިފައިވާ މުޤައްރަރާ އެއްގޮތަށް ކިޔަވައިދިނުން. 

  1.  ހެޔޮގޮތުގައި ކުދިން ތަރުބިއްޔަތު ކުރުން  

  1.  ދަރިވަރުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮ ކަމައްޓަކައި މަސައްކަތްކުރުން 

  1.  މެނޭޖްމެންޓް ކަނޑައަޅާފައިވާ ތާވަލާއެއްގޮތަށް ކްލާސްތަކަށް ކިޔަވައިދިނުން. 

  1.  ކްލާސްތަކުގައި ދަރިވަރުންގެ ހާޒިރީ ބެލުން 

  1.  ޕޯޓްފޯލިއޯތައް ތައްޔާރުރުން. 

  1.  ކޮންމެ ފިލާވަޅެއް ނިމުމުން ދަރިވަރުންނަށް އުނގަންނައިދިން އެއްޗެއް ރެކޯޑް ފޮތުގައި ލިޔެ ސޮއިކުރުން 

  1.  ދަރިވަރުންގެ ފޮތްތައް ބަލާ، ރަނގަޅު ކުރުމަށްފަހު، ދަރިވަރުންނަށް ނުރަނގަޅުކޮށް ކުރެވިފައިވާ ކަންތައްތައް ފާހަގަކޮށް، އުނގަންނައިދޭ ވަގުތުތަކުގައި އެފަދަ ކަންތައްތައް ރަނގަޅު ކުރުމަށް، އިރުޝާދުދީ، އެހީތެރިވެދިނުން. ކޮންމެ ޓޮޕިކެއް ނިމުމުން، ދަރިވަރުންގެ ފެންވަރު ދެނެގަތުން. އަދި ދަރިވަރުންގެ މަސައްކަތާއި،ކުރިއެރުން ފާހަގަކޮށް ބެލެހެއްޓުން. 

  1.  ކިޔަވައިދޭ ހުރިހާ ދަރިވަރުންނަށް ހަމަހަމަކަމާއިއެކު ފުރުޞަތުދީ، އަދި ޓީޗަރ ދަރިވަރުންނަށް ނަމޫނާއަކަށްވުން  

  1.  ދަރިވަރުންނަށް ރަނގަޅު އުޅުމާއި އަޚްލާގާއި، ގައުމަށް ފައިދާހުރި ރައްޔިތުންނަށްވާން،ދަސްކޮށްދިނުން. 

  1.  ފޮތްކިޔުމަށް ދަރިވަރުން ހޭލުންތެރިކުރުމާއި،ކިޔެވުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލެއްވުމަށް މަސައްކަތްކުރުން. 

  1.  ޓީޗަރަކު ސްކޫލަށް ހާޒިރު ނުވާތީ އެޓީޗަރެއްގެ ގަޑިތައް ބަލަހައްޓަން ހަވާލު ކޮށްފިނަމަ، އެގަޑިތައް ބެލެހެއްޓުން. 

  1.  ފެންވަރު ވަޒަންކުރުމަށްފަހު ، ބެލެނިވެރިންނާއި ދަރިވަރުންނަށް ބާއްވާ ހުރިހާ ބައްދަލުވުންތަކަށާއި މުނާސަބަތުތަކަށް ހާޒިރުވުން. 

  1.  ސްކޫލުގެ ފަރާތުން ހަވާލުކުރެވޭ ކަންތައް އެކަމެއް ކުރަން އޮންނަވަގުތެއްގައި ކޮށް ނިންމުން.  

  1.  ސެޝަނަށް ޙާޞިރުވާންޖެހޭ ގަޑިތަކަށް ޙާޞިރުވުމާއި ދަރިވަރުން ސްކޫލަށް އައުމަށް ހަމަޖެހިފައިވާ އެހެނިހެން ގަޑިތަކުގައި ،އެގަޑިޖެހުމުގެ ކުރިން ސްކޫލަށް ޙާޟިރުވުން. 

  1.  ދަރިވަރުން ކްލާހަށް ވަނުމުގެ ކުރިން ކުލާހަށް ޙާޟިރުވުން.  

މަޤާމުގެ ޝަރުޠުތައް: 

  1. ޕްރީސްކޫލް ޓިޗިންގ ދާއިރާއިން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 3ގެ ސަނަދެއް ޙާސިލްކޮށްފައިވުން.  

  1. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ޑީ" ފާސް ލިބިފައިވުން. 

  1. ތުއްތުކުދިންނަށް ކިޔަވައިދިނުމުގެ ޝައުގުވެރިކަން ހުރުން.  

  1. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން. 

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައ 

  1. މަސައްކަތު ތަޖްރިބާ ލިބިފައިވަނީ ޕްރީސްކޫލްގެ އިދާރީ މަސައްކަތްތަކާއި ކިޔަވައި ދިނުމުގެ ދާއިރާއިންކަމުގައިވުން. 

  1. ޕްރީސްކޫލުގައި ކުރަންޖެހޭ މަސައްކަތްތައް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ކުރުމުގެ ހުނަރާއި ގާބިލްކަންހުރުން.   

  1. ގިނަވަގުތު މަސައްކަތުގައި އުޅޭވޭ މީހެއްކަމުގައިވުން. 

  1. ޤާނޫނާއި ޤަވާޢިދުތަކަށް އަހުލުވެރި މީހެއްކަމުގައިވުން. 

ހުށަހަޅަންޖެހޭ ލިޔުންތައް: 

 

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)  

  1. ވަޒީފާއަށް އެދޭ  ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީންދެނެގަތުމަށް ބޭނުންވާ ލިޔުންތައް (  އެކްރެޑިޓް ކޮށްފައިވާ ސެޓިފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓިފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާލިޔުމުގެ ކޮޕީ)  

  1. މަސައްކަތު ތަޖްރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތައް. 

  1. ވަޒީފާއަށްއެދޭފަރާތުގެދިވެހިރައްޔިތެއްކަންއަންގައިދޭކާޑުގެދެފުށްފެންނާނެހެންލިޔެފައިވާލިޔުންތައްކިޔަންއެނގޭފަދަކޮޕީ. 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 25 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ށ. ފުނަދޫ ކައުންސިލްގެ އިދާރާއަށެވެ. 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނުން)  އޮންނާނެ ތަނާއި، މުއްދަތު: 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނީ، 2024 އޮގަސްޓް 27 އާއި  2024 އޮގަސްޓް 29 އާ ދެމެދު ށ. ފުނަދޫ ކައުންސިލް އިދާރާގައެވެ. ( އިންޓަރވިއު އޮންނާނެ ވަގުތާއި، ތާރީޚް ފޯނުން އެންގޭނެއެވެ. ) 

މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ( ފޯން: 6540052 ،މޯބައިލް:9171202) ނަންބަރުފޯނަށެވެ 

އީމެއިލްއެޑްރެހަކީ: [email protected] 

 

18 އޮގަސްޓް 2024
ހޯދާ