ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލާމަސީލުލާމު ކާބޯތަކެތީގެ މައުރަޒު ބޭއްވުމާއި ގުޅޭ:

މި އަހަރުގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން 2024 އޮކްޓޯބަރު 16 ވަނަ ދުވަހު ލާމަސީލުލާމު ކާބޯތަކެތީގެ މައުރަޒެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ވީމާ މިކައުންސިލާއި ގުޅިގެން ކާބޯތަކެތީގެ މައުރަޒު އިންތިޒާމުކޮށް ބޭއްވުމަށް ޝައުގުވެރިވެލައްވާ މި އަތޮޅުގެ ރަށު ކައުންސިލްތަކާއި  އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އަދި ސްކޫލް މަދަރަސާތަކަށް އެ ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝައުގުވެރިވެލައްވާ މި ދެންނެވި ފަރާތްތަކުން 2024 އޮގަސްޓް 29 ވަނަ ދުވަހުގެ 14:00ގެ ކުރިން މި އިދާރާއަށް ޕްރަޕޯޝަލް ތައްޔާރުކޮށް ހުށަހެޅުއްވުން އެދެމެވެ.

17 އޮގަސްޓް 2024
ހޯދާ