ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
30 ކޮމްޕިއުޓަރ ސިސްޓަމް (ޔޫޕީއެސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ.

މިއޮފީހަށް 30 ކޮމްޕިއުޓަރ ސިސްޓަމް (ޔޫޕީއެސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު IUL)196-C/1/2015/36)ފ(14 މޭ 2015) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގެ ތެރެއިން ދީފައިވާ ސްޕެސިފިކޭޝަނާ ދިމާވަނީ އެންމެ ފަރާތަކުން ހުށަހެޅި އަންދާސީހިސާބުގައި ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، ތިރީގައިވާ ސްޕެސިފިކޭޝަނާ އެއްގޮތަށް 30 ކޮމްޕިއުޓަރ ސިސްޓަމް (ޔޫޕީއެސް އާއެކު) ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

Desktop Computer System Minimum Specification

Processor

Intel® Core™ i3 - 3.4GHz, 3MB cache or Higher

Chipset

Intel ®

Memory

4 GB, 1600 MHz DDR3 SDRAM

Memory Slots

2 or More

Storage

1TB 7200 RPM SATA Hard Drive

Graphics

Intel ® HD Graphics

Optical Disk Drive

24x DVD/CD Burner

Network Interface

10/100/1000 Mbps

I/O Ports

1 x Headphone
1 x Microphone
6 x USB ( 2 x USB 3.0, 4 x USB 2.0)
2 x PS/2
1 x RJ45
1 x VGA

Expansion Slots

1 x Mini PCI-e, 1 X PCI-e x 1, 1 x PCI-e x 16

Audio Controller

High Definition Audio

Power Supply

300W Power supply

Accessories

USB QWERTY Keyboard & Optical Scroll Mouse

Operating System

Genuine Windows 7 Professional 64 bit

Monitor

19.5" LED Monitor or Higher
Should support 1600 x 900 resolution

UPS Battery

Output Power Capacity: 650 VA
Nominal Output Voltage: 230 V
Output Connections:1 x IEC 320 C13 (Surge Protection), 3 x IEC 320 C13 (Battery Backup)
Input Connections:1 x IEC-320 C14
Maintenance-free sealed Lead-Acid battery with suspended electrolyte : leak-proof

Warranty

1 Year (Parts and Service Warranty)

އިތުރު މަޢުލޫމާތު

1. އަގު ހުށަހަޅާ ފަރާތުން ވިއްކަން ގަސްދުކުރާ ތަކެތީގެ ސްޕެސިފިކޭޝަނާއި، ބްރޭންޑް އަންދާސީހިސާބާއެކު ހުށަހަޅަންވާނެއެވެ.

2. މަތީގައިވަނީ ވިއްކަން ގަސްދުކުރާ ތަކެތީގައި ހުންނަންޖެހޭ އެންމެދަށް ސްޕެސިފިކޭޝަނެވެ.

3. މިކަމަށް ކުރިމަތިލަނީ ކުންފުންޏެއް (ޕާޓްނަރޝިޕެއް) ނުވަތަ ލޯކަލް އިންވެސްޓްމެންޓެއް ނަމަ، ރަޖިސްޓަރީގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަމިއްލަ ފަރާތަކުން ނަމަ، ހުށަހަޅާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހަޅަންވާނެއެވެ. އަދި އަގު ހުށަހަޅާ ފަރާތްތަކުން އިމްޕޯޓް މުދާ ވިއްކުމުގެ ލައިސަންސްގެ ކޮޕީއަކާއި، ޖީއެސްޓީ ރަޖިސްޓްރޭޝަން ސެޓުފިކެޓު ހުށަހަޅަންވާނެއެވެ.

4. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ދޫކުރާ ''ގަވާއިދުން ޕެންޝަން ސްކީމަށް ފައިސާ ދައްކަމުންދާ ފަރާތެއްކަން އަންގައިދޭ ލިޔުން'' ވެސް ހުށަހަޅުއްވަންވާނެއެވެ.

5. މިއޮފީހަށް އެއްވެސް ޖިނާއީ މައްސަލައެއް ހުށަހެޅި އަދި ހިނގަމުންދާ ފަރާތެއް ނުވަތަ އެފަރާތެއް ޙިއްޞާވާ ކުންފުންޏެއް/ ލޯކަލް އިންވެސްޓްމަންޓަކުން އަންދާސީހިސާބު ހުށަހަޅައިފައިވާނަމަ، އެއަންދާސީހިސާބު ބާޠިލުކުރެވޭނެއެވެ.

6. ކަނޑައަޅާފައިވާ ސްޕެސިފިކޭޝަނަށް ވުރެ ދަށް ސްޕެސިފިކޭޝަނުގެ ތަކެތީގެ ހުށަހެޅުންތަކަށް އިވެލުއޭޓް ކުރާ މަރުޙަލާގައި ޕޮއިންޓެއް ނުދެވޭނެއެވެ.

7. ތަކެތި ގެނެސްދެވޭނެ މުއްދަތުކަމަށް ޖަހަންވާނީ ބިޑްކުރެވޭ ތަކެތި އެއްފަހަރާ ސަޕްލައިކޮށްދެވޭނެ މުއްދަތެކެވެ. ސަޕްލައިކުރާ ތަކެތި މިއޮފީހަށް ބަލައިގަންނާނީ ސަޕްލައިކުރުމަށް ކަނޑައެޅޭ ޖުމުލަ ތަކެތި އެއްކޮށް ސަޕްލައިކޮށްދިނުމުން އެކަންޏެވެ.

8. 2013 ޖަނަވަރީމަހުން ފެށިގެން މިފަދަ ތަކެތި ސަޕްލައިކޮށްދިންކަމަށް ދައުލަތުގެ އިދާރާތަކުން ނުވަތަ ރަޖިސްޓަރީކޮށްފައިވާ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުން ދީފައިވާ ލިޔުން ހުށަހަޅަންވާނެއެވެ. ތަޖުރިބާއަށް ޕޮއިންޓް ދިނުމުގައި ބެލޭނީ ހަމައެކަނި މިފަދަ ލިޔުންތަކަށެވެ.

9. މަސައްކަތް ހަވާލުކުރުމަށް ފަރާތެއް ހޮވުމަށް ޕޮއިންޓް ދެވޭނެގޮތް:

  • 70 ޕަސެންޓް އަގަށް (އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕަސެންޓް)
  • 10 ޕަސެންޓް މުއްދަތަށް (އެންމެ ކުރު މުއްދަތު ހުށަހަޅާ ފަރާތަކަށް އެންމެ ގިނަ ޕަސެންޓް)
  • 15 ޕަސެންޓް ތަޖުރިބާއަށް (ތަޖުރިބާގެ ގޮތުގައި ބެލެވޭނީ މިފަދަ ތަކެތި ވިއްކިކަމަށް ދައުލަތުގެ މުއައްސަސާތަކާއި ކުންފުނިތަކުން ދީފައިވާ ލިޔުންތަކުގެ ތެރެއިން އެންމެ ގިނަ ލިޔުން ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕަސެންޓް)
  • 05 ޕަސެންޓް ސްޕެސިފިކޭޝަނަށް (ސްޕެސިފިކޭޝަނަށް މާކްސް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ސްޕެސިފިކޭޝަނަކީ، މިއޮފީހުން ދީފައިވާ މިނިމަމް ސްޕެސިފިކޭޝަނާ ދިމާވެ، އެއަށްވުރެ ރަނގަޅު ކޮންމެ ކޮމްޕޮނެންޓަކަށް މާކްސް ދީގެންނެވެ.)

10. މަޢުލޫމާތުޝީޓުގައި ހިމަނާފައިވާގޮތަށް 01 އަހަރުގެ ވޮރެންޓީ ދޭންވާނެއެވެ. އަދި ވޮރެންޓީގެ މަޢުލޫމާތު ހުށަހަޅާ ބިޑްގައި ހިމަނަންވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 2015 ޖޫން 10 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 އަށް، މިއޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ކަނޑައެޅިފައިވާ ގަޑިއަށްވުރެ ލަހުން ހާޒިރުވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައެއް ނުގަނެވޭނެއެވެ. މިކަމާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއޮފީހުގެ 3003294 ނަންބަރު ފޯނާއެވެ.

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ