ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
"ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުޞޫލު" ގެ ދަށުން ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ބޭނުންކުރާނެ ގައުން ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޑިޕާޓްމަންޓްގެ ނަންބަރު 198-F/2024/140 (05 އޯގަސްޓް 2024) އިޢުލާނާގުޅޭ އަންދާސީ ހިސާބު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ގުޅޭ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން، 14 އޯގަސްޓް 2024 ވާ ބުދަ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ހަމަޖައްސެވުމާއި ގުޅިގެން "ދަށު ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ހެދުން އެޅުމުގެ އުޞޫލު" ގެ ދަށުން ކޯޓުތަކުގެ ފަނޑިޔާރުން ޝަރީޢަތުގެ މަޖިލީހުގައި ބޭނުންކުރާނެ ގައުން ފަހާދިނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ޑިޕާޓްމަންޓްގެ ނަންބަރު 198-F/2024/140 (05 އޯގަސްޓް 2024) އިޢުލާނާގުޅޭ އަންދާސީ ހިސާބު ހުށަހެޅުން 15 އޯގަސްޓް 2024 ވަނަދުވަހުގެ 09:00 އަށް ވަނީ ފަސްކުރެވިފައެވެ.

 

އެހެންކަމުން މިކަން އާއްމުކޮށް އަންގައި އިޢުލާން ކުރީމެވެ.

14 އޮގަސްޓް 2024
ހޯދާ