އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ޕްރޮޖެކްޓް މެނޭޖަރ (ކޮންޓްރެކްޓް އުސޫލުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގެ ޕްރޮޖެކްޓް މެނޭޖަރުގެ މަޤާމަށް މީހަކު ހޯދުމަށްޓަކައި 12 މޭ 2015 ގައި ކުރެވުނު 137HR/IU/2015/67 ނަންބަރުގެ އިއުލާނަށް ކުރިމަތިލާފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ، އެ މަޤާމަށް ކޮންޓްރެކްޓް އުސޫލުން މީހަކު ހޯދުމަށް އަލުން އިއުލާންކުރަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި ޤާބިލް މީހެކެވެ. މިފަދަ ފަރާތަކަށް މި ހޮސްޕިޓަލުގެ ވަޒީފާއަށް މަރުޙަބާ ކިޔަމެވެ.

މަޤާމް

ޕްރޮޖެކްޓް މެނޭޖަރ (ކޮންޓްރެކްޓް އުސޫލުން)

ބޭނުންވާ އަދަދު

1

 

މުސާރަ

މަހަކު -/15000 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2000 ރުފިޔާ

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ސީ. އީ. އޯ. ބިޔުރޯ

ވަޒީފާގެ ބާވަތް:

ކޮންޓްރެކްޓް

މަސައްކަތުގެ މުއްދަތު:

1 އަހަރު ދުވަސް (ޕަރފޯމަންސަށް ބެލުމަށްފަހު އަލުން އާކުރެވިދާނެއެވެ.)

މަސައްކަތުގެ ވަގުތު:

ދުވާލަކު މަދުވެގެން 7 ގަޑިއިރު (ރަސްމީ ގަޑި)

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މި ހޮސްޕިޓަލުގެ 11 ބުރީގެ އިމާރާތުގެ ކަންތައްތައް ބެލެހެއްޓުމާއި، މި ހޮސްޕިޓަލް ރިނޮވޭޓްކުރުމުގެ ޕްރޮޖެކްޓްތައް ރާވައި ހިންގުން.

 

ތަޢުލީމާއި ތަޖުރިބާ

 

- ސިވިލް އިންޖިއަނިރިންގ ނުވަތަ ޕްރޮޖެކްޓް މެނޭޖްމަންޓާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ނުވަތަ އެޑްވާންސްޑް ޑިޕްލޯމާއެއް ހާސިލްކޮށްފައިވުން.

- އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓް މެނޭޖްމަންޓުގެ ދާއިރާއިން 10 މިލިއަން ދިވެހި ރުފިޔާއަށްވުރެ ކުޑަނޫން އަގެއްގެ މަސައްކަތެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. އަދި 2 އަހަރަށްވުރެ ގިނަ ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

 

 

 

 

މި މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

1. ދައުލަތުގެ މާލިއްޔަތު ގާނޫނާއި ގަވާއިދަށް އަހުލުވެރިވެފައިވުން.

2. ހިންގުންތެރިކަމުގެ ހުނަރު ހުރުން.

3. ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގުން.

4. ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއްކަމުގައިވުން.

5. ކަންތައްތައް ޙައްލުކުރުމުގައި ހުނަރާއި ބަސްމޮށުންތެރިކަމުގެ ހުނަރުހުރުން.

6. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.

7. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

8. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

9. އެމް. އެސް. އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން.

    (މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް  

    ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)     


 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1.  ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ. އަދި މި ހޮސްޕިޓަލުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.igmh.gov.mv އެވެ. 
  2. ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  5. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި، ވާރކްޝޮޕާއި، ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  7. މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމްތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ސުންގަޑި

2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 14.30 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް. (2015 ޖޫން 15 ވާ ހޯމަ ދުވަހުގެ 14.30 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން

2015 ވަނަ އަހަރުގެ މޭމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނީ 3335234 ނަންބަރު ފޯނަށެވެ.

- ވަޒީފާއަށް އެދޭ ފޯމް، މި ހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

13 ޝަޢުބާން 1436

31 މޭ 2015
ހޯދާ