ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
"ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުން ފޮނުވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު 2024" އާންމުކުރުން

"ރާއްޖެއިން ބޭރުގައި ހިންގާ ތަމްރީނުތަކަށް ސިވިލް ސަރވިސްގެ މުވައްޒަފުން ފޮނުވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު 2024" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް ޢަމަލުކުރަންފަށާނީ 01 ސެޕްޓެމްބަރު 2024އިން ފެށިގެންނެވެ.

މި އުޞޫލަށް އަމަލުކުރަންފެށުމާއެކު، 31 އޮގަސްޓު 2023އިން ފެށިގެން ޢަމަލުކުރަމުންދާ "ސިވިލް ސަރވިސް ކޮމިޝަނާއި ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަނަންސް (އެން.ސީ.ޖީ.ޖީ) އާ ގުޅިގެން ހިންގާ ތަމްރީނުތަކަށް ސިވިލް ސަރވިސްއާއި ސިވިލް ސަރވިސް ކޮމިޝަނުގެ މުވައްޒަފުން ފޮނުވުމުގައި ޢަމަލުކުރާނެގޮތުގެ އުޞޫލު 2023" އުވާލެވޭނެއެވެ.

މި އުޞޫލު މި ކޮމިޝަނުގެ ވެބްސައިޓުގެhttps://www.csc.gov.mv/Policy/Index/98  ލިންކުން ލިބިވަޑައިގަންނަވާނެކަމުގައި ވެސް ދެންނެވީމެވެ.

13 އޮގަސްޓް 2024
ހޯދާ