މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
'ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލް' ގެ މެންބަރުކަމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

ކައުންސިލްގެ ނަން

ނޭޝަނަލް ހެލްތު ރިސާރޗް ކައުންސިލް

މަޤާމު

ޞިއްޙީ ދާއިރާގައި މަސައްކަތްކުރާ މަދަނީ ޖަމްޢިއްޔާގެ މެންބަރެއް.

ބޭނުންވާ ޢަދަދު

1 (އެކެއް)

މެމްބަރުކަމުގެ ދައުރު

5 (ފަހެއް) އަހަރު

އެލަވަންސް

ބައިވެރިވާ ކޮންމެ ބައްދަލުވުމަކަށް ކަނޑައެޅިފައިވާ އެލަވަންސް ލިބޭނެއެވެ.

ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތުތައް

(ހ) ޞިއްޙަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކާ އެއްގޮތްވާގޮތުގެމަތިން ސައިންޓިފިކް މިންގަނޑުތަކަށާއި ސުލޫކީ މިންގަނޑުތަކަށް ފެތޭ ޞިއްޙަތާ ގުޅުންހުރި ދިރާސާތަކާއި ކްލިނިކަލް ޓްރަޔަލްތައް ހެދުމުގެ ހުއްދަ ދިނުން؛

(ށ) ޞިއްޙީ ދިރާސާތައް ނުވަތަ ޢިލްމީ ދިރާސާތައް ކުރުމުގެ މިންގަނޑުތައް އެކަށައަޅައި، އެ މިންގަނޑުތަކާއި އެއްގޮތްވާ ގޮތުގެމަތިން ދިރާސާކުރުމަށް ހުއްދަދީ ހަރުދަނާގޮތެއްގައި އެ ދިރާސާތައް ކުރަމުން އަންނަކަން ކަށަވަރުކުރުން؛

(ނ) ދިވެހިރާއްޖޭގެ ބޭނުންތަކަށް ރިޢާޔަތްކޮށް ޞިއްޙީ ދިރާސާތަކުގައި އިސްކަންދޭންވީ ކަންކަމާއި ސްޓްރެޓެޖީތައް ކަނޑައެޅުމުގެ ނިޒާމެއް ޤާއިމުކޮށް ތަރައްޤީކުރުން؛

(ރ) ޞިއްޙީ ދިރާސާތަކުން ހާސިލުކުރެވޭ ނަތީޖާތައް، ޞިއްޙީ ދާއިރާގެ ސިޔާސަތު ކަނޑައެޅުމުގައި ބޭނުންކުރުމަށް ބާރުއެޅުން؛

(ބ) ޞިއްޙީ ދިރާސާތަކާ ގުޅޭ ކަންތައްތަކުގައި މިނިސްޓަރަށް ލަފާ ދިނުން؛

(ޅ) ޞިއްޙީ ދިރާސާތަކާ ގުޅިގެން ހިނގާ ނޭދެވޭ ކަންތައްތަކާއި ހުށަހެޅޭ ޝަކުވާގެ ރިޕޯޓުތައް ބަލައި މިފަދަ ކަންކަން، ކަމާބެހޭ ފަރާތްތަކަށް ނުވަތަ ޤާނޫނުން ކަނޑައަޅާ އިދާރާތަކަށް ރިޕޯޓްކުރުން؛

(ކ) ޞިއްޙީ ދިރާސާކުރުމާ ބެހޭ ގަވާއިދުގެ ދަށުން ކައުންސިލުގެ މަސްއޫލިއްޔަތުގެ ގޮތުގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ގުޅުންހުރި ކޮންމެ މަސައްކަތެއް ކުރުން؛

މެންބަރުކަމުގެ ޝަރުޠު

  1. ދިވެހި ރައްޔިތެއްކަމުގައިވުން،
  2. ތަޢުލީމީގޮތުން ދަށްވެގެން މާސްޓަރސް ޑިގްރީއެއް ހާސިލުކޮށްފައިވުން،
  3. ހެލްތު ރިސާރޗް ނުވަތަ އެކަޑަމިކް ރިސާރޗުގެ ދާއިރާއިން ތަޢުލީމު ހާސިލްކޮށްފައިވުން ނުވަތަ ރިސާރޗް ތީސިސްއެއް ހަދައިފައިވުން، ނުވަތަ ކިޔެވުމުގެ މަރުހަލާގައި ރިސާރޗް މޮޑިއުލެއް ފުރިހަމަ ކޮށްފައިވުން،
  4. އެ މެންބަރަކު ތަމްސީލްކުރާ ދާއިރާއިން މަދުވެގެން 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  5. ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ ހުކުމެއް ކޮށްފައިވާ މީހެއް ކަމުގައިނުވުން،
  6. ދިރާސާގައި އަމަލުކުރަންޖެހޭ ސައިންޓިފިކް މިންގަނޑުތަކާއި ސުލޫކީ މިންގަނޑުތަކާ ހިލާފުވެފައިވާކަމަށް ސާބިތުވެފައިވާ މިހެއް ކަމުގައި ނުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް

  1. މެމްބަރުކަމަށް އެދި ހުށަހަޅާ ލިޔުން ނުވަތަ ސިޓީ؛
  1. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މެމްބަރުކަމަށްއެދޭ ފަރާތަށް ލިބިފައިވާ ތަޖުރިބާ ބަޔާންކޮށްދިނުމަށް ޓަކައި މެމްބަރުކަމަށް އެދޭ ފަރާތް އަދާކޮށްފައިވާ ވަޒީފާ، ވަޒީފާގެ މުއްދަތު (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
  2. މަސައްކަތުގެ ދާއިރާއިން ވަކި ލައިސަންސެއް ނުވަތަ ހުއްދައެއް ލިބިގެން މަސައްކަތްކުރާ ފަރާތެއް ކަމުގައިވާނަމަ، އެފަދަ ލައިސަންސެއް ނުވަތަ ހުއްދައެއްގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސްގެ ކޮޕީ.
  4. ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

 

ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއެކު 22 އޮގަސްޓް 2024 ގެ 13:00 ގެ ކުރިން [email protected] އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް އެޕްލިކޭޝަން ބަލައިގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3014331 ނުވަތަ 3014336 އެވެ.

13 އޮގަސްޓް 2024
ހޯދާ