މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ތިރީގައި މިދަންނަވާ މަޤާމަށް މި އިދާރާއަށް މުވައްޒަފަކު ބޭނުންވެއްޖެ އެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

ފައިނޭންސް އޮފިސަރ

މަޤާމް

ދާއިމީ

މަޤާމުގެ ގިންތި

އެމް. އެސް. 1

މަޤާމުގެ ރޭންކް

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން

މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާ

އޮފީސް / އިދާރާ

ކޯޕަރޭޓް އެފެއާޒް ޔުނިޓް

ޔުނިޓް

5610.00 ރުފިޔާ

މުސާރަ

2000.00 ރުފިޔާ

ސަރވިސް އެލަވަންސް

1 (އެކެއް)

ބޭނުންވާ އަދަދު

- އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މިފަދަ   ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

- އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- އެކައުންޓިންގ / ފައިނޭންސް / ބިޒިނަސްގެ  ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4  ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ އަސާސީ ޝަރުޠުތައް

- މާލިއްޔަތުގެ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން، ކައުންސިލްގެ ފައިސާއާބެހޭ އެންމެހައި ކަންކަން ރާވައި، ހިންގައި ބެލެހެއްޓުން.

- ކައުންސިލް އިދާރާގެ އަހަރީ ބަޖެޓް، ކައުންސިލްގެ ރައީސްގެ ލަފާގެމަތީން ތައްޔާރުކޮށްފައި ފިނޭންސް މިނިސްޓްރީއަށް ހުށަހެޅުން.

- ކައުންސިލްގެ އަހަރީ ބަޖެޓް، ކައުންސިލުން ނިންމާގޮތެއްގެމަތީން ތައްޔާރުކުރުން.

- ކައުންސިލުން ކުރާ އެންމެހައި ޚަރަދުތައް ބަލަހައްޓައި، ގަވައިދުތައް ހަމަޖެހިފައިވާ ގޮތުގެ މަތީން ފައިސާދީ ނިންމުން.

- ކައުންސިލް އިދާރާއަށް ދުވަހުން ދުވަހަށް ބޭނުންވާ ތަކެތި ހޯދައި، ޕްރޮކިޔުމަންޓުގެ މަސައްކަތްތައް ދުވަހުން ދުވަހަށް ހިންގޭނޭގޮތުގެ އިންތިޒާމްކޮށް ބެލެހެއްޓުން.

- ކައުންސިލް އިދަރާގެ އެންމެހައި އެކައުންޓްތައް، މާލިއްޔަތުގެ ޤާނޫނާ އެއްގޮތަށް ބަލަހައްޓައި، ދުވަހުން ދުވަހަށް އެކައުންޓްތައް އަޕްޑޭޓްކޮށް ބެލެހެއްޓުން.

- ކައުންސިލަށް ލިބޭ ޢާމްދަނީގެ ހިސާބުތައް ބަރާބަރަށް ބަލަހައްޓައި، ކައުންސިލަށް ލިބެންޖެހޭ އާމްދަނީއެއްވާނަމަ، އެ ފައިސާ ހޯދުމަށް މަސައްކަތްކުރުން.

- މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ އެންމެހައި ރިޕޯޓްތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ކައުންސިލްގެ އިންވެންޓްރީއާއި މުދާ، މާލިއްޔަތުގެ ޤާނޫނުގައި ބަޔާންކުރާ މިންގަނޑަށް ބެލެހެއްޓުން.

- ސަރުކާރުން ކައުންސިލަށްދޭ އަހަރީ ބަޖެޓުގައި ހިމެނޭ ފައިސާ، ފިނޭންސް މިނިސްޓްރީގެ އުސޫލުތަކާ އެއްގޮތަށް ހޯދުމަށް މަސައްކަތްކުރުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

- ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ

- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ

- މަސައްކަތުގެ ހުނަރާއި، ޤާބިލުކަމާއި، ފެންވަރާއި، ބޭނުންވާ ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މި މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބާއްވާ އިންޓަވިޔުއާއި ޕްރެކްޓިކަލް ބޭއްވުމަށް ހަމަޖެހިފައިވާ ތަނާއި،  ތާރީޚު،  އިޢުލާނުގެ މުއްދަތު ހަމަވާތާ ރަސްމީ 5 ދުވަހުގެ ތެރޭގައި އެފަރާތަށް އެންގޭނެއެވެ. 

އިންޓަވިޔު، ޕްރެޒެންޓޭޝަން އޮންނާނެ ތަނަކާއި މުއްދަތު

މި ވަޒީފާޔަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖޫން 16 ވާ އަންގާރަ ދުވަހުގެ 12.00 ގެ ކުރިން، ވަޒީފާޔަށް އެދި ހުށަހަޅާ ފޯމާއެކު، ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް، މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލް އިދާރާއަށް ހުށަހެޅުން އެދެމެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

ދިވެހި ސިވިލްސަރވިސްގައި ހަމަޖެހިފައިވާ އުސޫލުގެމަތީން އިތުރުގަޑީގެ ފައިސާއާއި، އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.  

އުޖޫރައާއި ޢިނާޔަތްތައް

- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް. (އެޕްލިކޭޝަން ފޯމް، މި ކައުންސިލުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފެއްނަމަ، މަޤާމަށް ހޮވިއްޖެނަމަ،  އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.    

- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީއެއއް (ސާފުކޮށް ކިޔަން އެނގޭގޮތަށް ނަގާފައިވާ، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީއެއް)

ހުށަހަޅަންޖެހޭ ލިޔުންތައް

މި  އިޢުލާނާ  ގުޅޭގޮތުން  މަޢުލޫމާތު  ސާފުކުރުމަށް  ގުޅާނީ  6560013 ނަންބަރު  ފޯނަށެވެ.  ފެކްސް  ކުރާނީ  6560013  ނަންބަރަށެވެ.  އީމެލް ކުރާނީ [email protected]  އަށެވެ.

އިތުރު މަޢުލޫމާތު

17 ޝަޢުބާން 1436

04 ޖޫން 2015
ހޯދާ