މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިންޓަރނުން ހޯދުން

އިއުލާން

އިންޓަރނުން ހޯދުން

ބޭނުންވާ ޢަދަދު

3 (ތިނެއް)

މަސައްކަތް ކުރަން ޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުއްދަތު

މަސައްކަތް ޙަވާލުކުރެވޭ ދުވަހުން ފެށިގެން 03 (ތިނެއް) މަސްދުވަސް

އެލަވަންސް

މަހަކު 2500 (ދެ ހާސް ފައްސަތޭކަ) ރުފިޔާ

މައިގަނޑު މަސައްކަތް

ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ ދަށުން ކައުންސިލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

މަސައްކަތް ކުރަން ޖެހޭ ވަޤުތު

ދުވާލަކު މަދުވެގެން 04 ގަޑިއިރު

މަޤާމްގެ ޝަރުޠު

  1. ދިވެހި ރައްޔިތަކަށްވުން
  2. މީލާދީގޮތުން 16 އަހަރާއި 35 އަހަރާއި ދެމެދު

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އިންޓަރންޝިޕަށް އެދޭ ފޯމް
  2. ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
  3. ހުށަހަޅާ ފަރާތުގެވަނަވަރު
  4. ދެފުށުގައިވާ ލިޔުންތައް ސާފުކޮށް އެނގޭ އައި.ޑީ ކާޑުގެ ކޮޕީ

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

އިންޓަވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 14:00  ގެ ކުރިން ކެންދޫ ކައުންސިލް އިދާރާ އަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށެވެ.

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ހުށަހަޅާފައިވާ ލިޔުންތަކަށް ބަލައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތައް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 20 އޮގަސްޓް 2024 އާއި 22 އޮގަސްޓް 2024 އާއި ދެމެދުގައެވެ. އިންޓަވިއު އޮންނާނީ ކެންދޫ ކައުންސިލް އިދާރާގައެވެ. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚް ތަކުގައި އިންޓަވިއުއަށް ހާޟިރުވުމަށް ތައްޔާރުވެ ތިބުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6600004 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

13 އޮގަސްޓް 2024
ހޯދާ