މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ޕްރޮޖެކްޓްތަކުގެ ޓެކްނިކަލް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކައުންސިލުން ކުރިއަށް ގެންދާ ޕްރޮޖެކްޓްތަކުގެ ކޮންސެޕްޓް ކުރެހުންތައް ތައްޔާރުކޮށްދީ، ޓެކްނިކަލް ސްޕެސިފިކޭޝަންތަކާއި، ސްޓްރަކްޗަރަލް އަދި ސިވިލް ކުރެހުންތަކުގެ މަސައްކަތްތަކާއި ބީ.އޯ.ކިއު ތައްޔާރުކޮށް ކޮންސަލްޓަންސީ ދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

މިމަސައްކަތަށް ކުރިމަތިލެވޭނީ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު 19/2014) ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 18/2014) ގެ ދަށުން ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 އޮގަސްޓް 2024 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

ރަޖިސްޓްރޭޝަން ލިންކު: https://forms.office.com/r/5L24npqTE9

މި މަސައްކަތަށް ބީލަން ހުށަހެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ބީލަން ހުށަހެޅުން އޮންނާނީ، 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހު 13:00 ގައެވެ.

ހުށައަޅަންޖެހޭ ލިޔެކިއުންތައް:

  1. ބީލަން ހުށައަޅާ ފޯމް
  2. އަމިއްލަ ފަރުދުންގެ ވިޔަފާރި / ޕާޓްނާޝިޕް ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
  3. ޖީ.އެސް.ޓީ ރަޖިސްޓްރޭޝަން ސެޓްފިކެޓް
  4. ބީލަމުގައި ވެރިފަރާތް ނޫން އެހެން ފަރާތަކުން ސޮއިކުރާނަމަ ސޮއިކުރުމުގެ އިޚްތިޔާރުދީފައި އޮތްކަމުގެ ލިޔުން.
  5. ބީލަން ހުށައަޅާ ފަރާތުގެ ޕްރޮފައިލް

ބީލަން ހުށައަޅާ ފަރާތުން މިހާރު ކުރަމުންގެެންދާ މަސައްކަތްތަކާއި މިދާއިރާއިން މިހާތަނަށް ކޮށްފައިވާ މަސައްކަތްތަކުގެ ކުރު ޚުލާސާއެއް ހުށައަޅަންވާނެއެވެ.

6. މަސައްކަތަށް ހުށައަޅާ ޕްރޮޕޯސަލް

ޕްރޮޕޯސަލް ހުށައަޅާއިރު، މިމަސައްކަތް ކޮށްދިނުމަށް ރީޓެއިނަރ ފީގެ ގޮތުގައި މަހެއްގެ މައްޗަށް ކަނޑައަޅާ އަދަދާއި، ޕްރޮޖެކްޓްގެ ސްކޯޕާއި، ކޮންސެޕްޓާއި، ކުރެހުންތަކާއި، ސްޕެސިފިކޭޝަންގެ އިތުރުން ބީ.އޯ.ކިއު ގެ މަސައްކަތް ކޮށްދިނުމަށް އެމަސައްކަތެއްގެ ކުޑަބޮޑު މިނަށް ބަލާ އަކަފޫޓަކަށް ކަނޑައަޅާ ރޭޓް ހުށައަޅަންވާނެއެވެ.

7. ކޮންސަލްޓަންސީގެ ދަށުން ފޯރުކޮށްދޭނެ ޚިދުމަތްތަކުގެ ޚުލާސާ

 

ހުށައަޅާ ބީލަންތައް އިވެލުއޭޓް ކުރުމުގައި ޕޮއިންޓް ދޭނެ ގޮތުގެ ތާވަލު:

 

40%

އަގަށް (ރީޓެއިނަރ ފީ)

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން މަހެއްގެ މައްޗަށް ހުށައަޅާ އެންމެ ކުޑަ ރީޓެއިނަރ ފީއަކީ ބެންޗްމާކެއްކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުޑަ އަގު ހުށައެޅި ފަރާތަކެށެވެ.

30%

އަގަށް (ޕްރޮޖެކްޓުގެ މަސައްކަތް)

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވަލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ޕްރޮޖެކްޓްގެ  ކޮންސެޕްޓާއި، ކުރެހުންތަކާއި، ސްޕެސިފިކޭޝަންގެ އިތުރުން ބީ.އޯ.ކިއު ގެ މަސައްކަތްތައް ކޮށްދެން އަކަފޫޓަކަށް ހުށައަޅާ އަގަކީ އެންމެ ކުޑަ ރޭޓުގެ ގޮތުން ބެންޗްމާކެއް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. މިގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އަކަފޫޓަކަށް އެންމެ ކުޑަ ރޭޓް ހުށައެޅި ފަރާތަކެށެވެ.

20%

ކޮންސަލްޓަންސީގެ ދަށުން ފޯރުކޮށްދޭ ޚިދުމަތްތައް

މިބަޔަކަށް މާކްސް ދިނުމުގައި މިމަސައްކަތުގެ ދަށުން ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ނުހިމެނޭނެއެވެ. އެގޮތުން ޕްރޮޖެކްޓް ސްކޯޕް ސްޓޭޓްމަންޓް ތައްޔާރުކުރުމާއި، ކޮންސެޕްޓް ޑިވެލޮޕްކުރުމާއި، ކުރެހުންތަކާއި، ސްޕެސިފިކޭޝަންގެ އިތުރުން ބީ.އޯ.ކިއު ގެ މަސައްކަތް ހިމެނިގެންދާނީ ކޮންމެހެން ކޮށްދޭންޖެހޭނެ މަސައްކަތްތައް ގޮތުގައެވެ. މީގެ އިތުރުން، ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގައި ކައުންސިލްގެ ފަރާތުން ޕްރޮޖެކްޓްތަކުގެ ސާރވޭތައް ކުރުމުގެ އެހީތެރިކަމާ، ޕްރޮޖެކްޓް ސްޓޭޓްމަންޓްތައް ހެދުމުގައި އެހީތެރިކަން ދިނުމާއި، ޕްރޮޖެކްޓް ކޮންޕްލީޝަން ރިޕޯޓްތައް ހެދުމާއި މަސައްކަތްތަކުގެ ފީޒިބިލިޓީ ބެލުމުގައި ކޮންސަލްޓަންސީ ފޯރުކޮށްދޭ ފަރާތްތަކަށް މިބައިގެ ދަށުން މާކްސް ދެވޭނެއެވެ. އެގޮތުން، މިފަދަ އިތުރު ޚިދުމަތްތައް ފޯރުކޮށްދޭން ކަނޑައަޅާ މިންވަރު ބަލާ އެންމެ ގިނަ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތަށް އެންމެ ގިނަ މާކްސް ދީ ބެންޗުމާކެއްގެ ގޮތުގައި ބަލަައިގެން ދެންހުރި ބީލަންތައް އިވެލުއޭޓް ކުރެވޭނެއެވެ.

10%

ތަޖުރިބާ

މާކްސް ދެވޭނީ މިކައުންސިލްގެ ޓެކްނިކަލް އިވެލުއޭޝަންއިން ފާސްވާ ފަރާތްތަކުގެ ތެރެއިން ދާއިރާއާއި ގުޅޭގޮތުން ކޮށް ނިންމާފައިވާ ނުވަތަ ކުރަމުންދާ މަސައްކަތަށެވެ. އެގޮތުން ކޮންސަލްޓަންސީ އުސޫލުން ދަޢުލަތުގެ ވުޒާރާއަކަށް، އިދަރާއަކަށް ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ކޮށްދީފައިވާ/ކޮށްދެމުންދާ މަސައްކަތްތައް އެނގޭނެގޮތަށް އެފަދަ ފަރާތްތަކާއެކު ހަދާފައިވާ އެއްބަސްވުންތަކާއި މަސައްކަތް ހަވާލުކުރި ފަރާތުން ދޫކުރާ ލިޔުންތައް ބަލައިގަނެވޭނެއެވެ. އެގޮތުން ހުށައަޅާ ލިޔުންތަކުގެ ތެރެއިން ޚިދުމަތްކޮށްދީފައިވާ ކޮންމެ އަހަރަކަށް ލިބޭނީ ދެމާކްސް އެވެ. އަދި ނިސްބަތުން އެންމެ ގިނަ އަހަރު ޚިދުމަތް ކޮށްދީފައިވާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް ދީ ބެންޗުމާކުގެ ގޮތުގައި ބަލައިގެން ހުށައަޅާ އެހެން ބީލަންތަކަށް ޕޮއިންޓް ދެވޭނެއެވެ.

100%

ޖުމްލަ:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޢުލޫމާތު ކަރުދާހުގައިވާ ސްޕެސިފިކޭޝަނާއި ނުވަތަ ބީލަމާއި ބޭހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅު ވާ ފަރާތްތަކުން [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

ހުށައަޅާ ބީލަން އޮންނަން ވާނީ ސިޓީ އުރައަކަށް ލައި ބަންދު ކުރެވިފައެވެ. އަދި ސިޓީ އުރައިގެ ބޭރުގައި އިޢުލާން ނަންބަރާއި ހުށައަޅާ ފަރާތުގެ ނަމާއި ރަޖިސްޓްރީ ނަންބަރު އެނގެން އޮންނަންވާނެއެވެ.

އެހެންކަމުން، ޝައުޤުވެރިވާ ފަރާތްތަކުން 22 އޯގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކެނދިކުޅުދޫ ކައުންސިލުގެ ކެނދިމާލަން ހޯލަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

09  ޞަފަރު  1446

13  އޮގަސްޓް  2024

 

13 އޮގަސްޓް 2024
ހޯދާ