މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ކެޓަގަރީ އޭ އިން ގޯތި ލިބުނު ފަރާތްތަކަށް އެގްރީމަންޓް ކުރުމަށް ދެވުނު މުއްދަތުގައި އެގްރީމަންޓްގައި ސޮއިކުރުމަށް ހާޒިރުވެފައި ނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމާބެހޭ

ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ކެޓަގަރީ އޭ އިން ގޯތި ލިބުނު ފަރާތްތަކަށް އެގްރީމަންޓް ކުރުމަށް ދެވުނު މުއްދަތުގައި އެގްރީމަންޓްގައި ސޮއިކުރުމަށް ހާޒިރުވެފައިނުވާ ފަރާތްތަކަށް އިތުރު ފުރުޞަތު ދިނުމާބެހޭ

ވެށިފަހި މާލެ ޕްރޮގްރާމުގެ ކެޓަގަރީ އޭ އިން ހުޅުމާލެއިން ދޫކުރާ ގޯއްޗަށް ހޮވިފައިވާ ފަރާތްތަކުގެ ތެރެއިން 16 ޖަނަވަރީ 2014 އާ ހަމައަށް އެގްރީމަންޓުގައި ސޮއިކުރުމަށް ދެވުނު ފުރުޞަތުގައި، އެކިއެކި ސަބަބުތަކާހުރެ މިހާތަނަށް އެގްރީމަންޓްގައި ސޮއިކޮށްފައިނުވާ ފަރާތްތަކުން 15 ޖޫން 2015 ގެ ކުރިން މި މިނިސްޓްރީއަށް ވަޑައިގެން އެއްބަސްވުމުގެ ކަންކަން ކުރިއަށް ގެންދެވުމަށް ދަންނަވަމެވެ.

އެއްބަސްވުމުގެ ކަންކަން ނިންމުމަށް މިހާތަނަށް ވަރަށް ގިނަ ދުވަސްތަކެއް ދެވިފައިވުމާއެކު 15 ޖޫން 2015 އަށް އެއްބަސްވުމުގެ ކަންކަން ކުރިއަށް ނުގެންދާ ފަރާތްތަކަށް ގޯތި ދޫކުރުމަށް ހޮވިފައިވާ ހޮވުން ބާޠިލުކުރެވޭނެ ވާހަކަ ދަންނަވަމެވެ. 

08 ޝަޢުބާން 1436

26 މޭ 2015
ހޯދާ