ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓުފިކެޓު ދޫކުރުން

2015 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ބޭއްވުނު އެޑެކްސެލް އިންޓަރނޭޝަނަލް އޭލެވެލް އިމްތިޙާނުގެ ސެޓުފިކެޓު 2015 ޖޫން 03 ވަނަ ދުވަހުން ފެށިގެން 2015 ޖޫން 17 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ދޫކުރާނެއެވެ. ސެޓުފިކެޓު ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:30 ން 14:30އަށެވެ. ސެންޓަރުތަކުން ދޫކުރައްވާ ދުވަހެއް ކަނޑައަޅުއްވާނީ އެސެންޓަރަކުންނެވެ.

މިޑިޕާޓްމަންޓް މެދުވެރިކޮށް އަމިއްލަގޮތުން އިމްތިޙާނުގައި ބައިވެރިވި ކެންޑިޑޭޓުންގެ ސެޓުފިކެޓު ނަންގަވަން ވަޑައިގަންނަވާއިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ. ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، ކެންޑިޑޭޓުގެ އައި.ޑީ.ކާޑާ ހަވާލުވެވަޑައިގަންނަވާ ބޭފުޅެއްގެ އައިޑީކާޑު ގެންނެވުން އެދެމެވެ. ސެންޓަރުތަކުގެ ސެޓުފިކެޓުތައް ނަންގަވަން ވަޑައިގަންނަވާ ބޭފުޅެއްނަމަ، ސެންޓަރުގެ ލިޔުމަކާއި އެބޭފުޅެއްގެ އައި.ޑީ ކާޑު ހިއްޕަވައިގެން ވަޑައިގެން ދެއްވުން އެދެމެވެ.

9 ޝަޢުބާން 1436

27 މޭ 2015
ހޯދާ