ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމު

ބޭނުންވާ އަދަދު

ޝަރުޠު

މަސައްކަތްކުރަންޖެހޭ ރަސްމީ ގަޑި

މުސާރަ

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް

ލީގަލް އެންޑް ޕޮލިސީ ޑިޕާޓްމަންޓް

ލީގަލް އޮފިސަރ (ދާއިމީ)

 

 

01

  • މަސައްކަތާ ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 07 ވަނަ ސަނަދު ހާސިލު ކޮށްފައިވުން. އަދި މަޤާމާގުޅޭ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، 
  • މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއިން 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ އެސިސްޓެންޓް އޮފިސަރުގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހުގެ 15:00  އަށް

 

މަހަކު -/10,550 ރުފިޔާ

  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ޤާނޫނީލަފާ ބޭނުންވާ މައްސަލަތައް ބަލައި ޤާނޫނީ ލަފާދިނުން.
  • ކޮމިޝަންގެ ފަރާތުން ޝަރީޢަތަށް ފޮނުވާ މައްސަލަތައް ތައްޔާރުކޮށް ކަމާބެހޭ ލިޔެކިޔުންތައް އެކުލަވާލުން.
  • ކޮމިޝަނަށް ހުށަހަޅާ މައްސަލަތަކާ ގުޅޭގޮތުން ކޮމިޝަނަށް ލަފާ ދިނުން.
  • ޢަމަލުކުރެވޭ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކަކީ އިންސާނީ ޙައްޤުތަކާ އެއްގޮތްވާގޮތުގެ މަތިން އެކުލަވާލާފައިވާ ޤާނޫނުތަކާއި، ގަވާއިދުތަކާއި، އިދާރީ އުސޫލުތަކެއްތޯ ބެލުމަށް ރިވިއުކޮށް ޤާނޫނީ ލަފާދިނުން.
  • ބިލްތަކަށް ކޮމެންޓް ކުރުން

އިންވެސްޓިގޭޝަން ޑިޕާޓްމަންޓް

އެސިސްޓެންޓް އިންވެސްޓިގޭޝަން އޮފިސަރ (ދާއިމީ)

 

01

މަސައްކަތާ ގުޅޭ ދާއިރާއިން ޑިޕްލޮމާ ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 5 ވަނަ ސަނަދު ހާސިލުކޮށްފައިވުން ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގެންގުޅޭ މިންގަނޑުގެ 4 ވަނަ ސަނަދު ހާސިލުކޮށްފައިވުމާއެކު، މަސައްކަތާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ކޮމިޝަންގެ ސެކްރެޓަރީގެ މަޤާމުގައި މަދުވެގެން 5 އަހަރު އުޅެ މަސައްކަތުގެ ފެންވަރު ވަޒަންކޮށް އެވަރޭޖް %90 މާކްސް ލިބިފައިވުން

ހެނދުނު 8:00 އިން މެންދުރުފަހުގެ 15:00 އަށް،

މަހަކު -/9,550 ރުފިޔާ

  • އިންސާނީ ޙައްޤެއް ގެއްލިގެން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަޙުޤީޤުކުރުން
  • ހުށަހެޅޭ މައްސަލަތަކަށް ހައްލެއް ގެނައުމަށް ދެފަރާތުން ވާހަކަ ދައްކައިގެން ހައްލު ކުރުމަށް އެހީވެ ދިނުމަށް އެކަން ކުރުމަށް މެދުވެރިއެއްގެ ރޯލް އަދާކުރަންޖެހޭ މައްސަލަތަކުގައި މަސައްކަތް ކުރުން.

ނޯޓް: ފުރަތަމަ 3 މަސްދުވަހުގެ ޕްރޮބޭޝަނަށްފަހު، ވަޒީފާ ދާއިމީވުމުން މުސާރައިގެ އިތުރުން ކޮންމެ މަހަކު ލިވިންގ އެލަވަންސްގެ ގޮތުގައި -/3,000 ރުފިޔާ އަދި ސަރވިސް އެލަވަންސްގެ ގޮތުގައި -/3500 ކަނޑައެޅިފައިވާ އުސޫލުން ލިބޭނެއެވެ. މީގެ އިތުރުން ބަންދު ދުވަސްތަކާއި ނުރަސްމީގަޑީގައި މަސައްކަތްކޮށްފިނަމަ ކަނޑައެޅިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. މިމަޤާމަށް ކޮމިޝަނުގެ މުވައްޒަފަކު ކުރިމަތިލާކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން ޕީރިއެޑް ގުނޭނެއެވެ. އެހެންނަމަވެސް އެހެނިހެން އެލަވަންސްތައް މެދުނުކެނޑި ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި: މިކޮމިޝަންގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދި ހުށަހަޅާ ފޯމު މި ކޮމިޝަނުގެ ރިސެޕްޝަނުންނާއި މި ކޮމިޝަނުގެ ވެބްސައިޓް www.hrcm.org.mv އިން ލިބެންހުންނާނެއެވެ.) ވަނަވަރު، ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައި)، އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ.

ސުންގަޑި: 2015 ޖޫން 08 ދުވަހުގެ 13:30 ގެ ކުރިން. (ވަޒީފާއަށް އެދި ފޮނުއްވާ ފޯމާއި ތަކެތި ބަލައިގަންނާނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ކައުންޓަރުންނެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ, 3003173، 3003143 ނަންބަރުގެ ފޯނަށެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ