މަޤާމު:
|
ސީނިއަރ އެޗް.އާރ އޮފިސަރ، ގްރޭޑް-3
|
ކްލެސިފިކޭޝަން:
|
ސީނިއަރ އޮފިސަރ، ގްރޭޑް-3
|
ބޭނުންވާ އަދަދު:
|
01
|
އަސާސީ މުސާރަ:
|
-/7,200 ރުފިޔާ
|
ލިވިންގ އެލަވަންސް:
|
-/4,000 ރުފިޔާ
|
ނޮންޕްރެކްޓިސް އެލަވަންސް:
|
އަސާސީ މުސާރައިގެ %45
|
ކޮމިޝަނުގެ މުވައްޒަފުންނަށް ލިބިދެވޭ އެހެނިހެން އިނާޔަތްތައް:
|
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާ ބެހޭ ޤާނުނު) ގައި ބަޔާންކޮށްފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އެޑްމިން/އެޗް.އާރ މެނޭޖްމަންޓް ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުމާއެކު، މަދުވެގެން 2 އަހަރު ދުވަހުގެ އިދާރީ ހިންގުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ ފެންވަރު) ގެ ސެޓްފިކެޓެއް އޮތުމާއެކު އެޑްމިން/އެޗް.އާރ ދާއިރާގައި 5 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- އަލަށް ވައްދާ މުވައްޒަފުންގެ ވަޒީފާ ބަޔާނާއި، ވަޒީފާގެ އެއްބަސްވުމާއި، އެމްޕްލޯއީ އެޕްރައިޒަލް ފައިލު ތައްޔާރުކުރުން.
- ވަޒީފާއަށް މީހުން ހޯދުމަށް ކުރަންޖެހޭ އިޢުލާންތައް ތައްޔާރުކޮށް ގެޒެޓަށް ފޮނުވުން.
- ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއު ކުރުމަށްޓަކައި އިދާރީ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
- ކޮމިޝަނުގެ އެޗް.އާރ މަސައްކަތާ ގުޅޭގޮތުން ނޯޓިސް ބޯޑަށް އަރުވަންޖެހޭ ލިޔުންތައް ބޯޑަށް އަރުވާ، އެތަކެތި ނަގާ، ފައިލްކުރުން.
- މުވައްޒަފުން އޮފީހަށް ބުނާ ސަލާމް ބަލައިގަނެ، އަންގަންވާ ފަރާތްތަކަށް އަންގައި ރެކޯޑު ބެލެހެއްޓުން.
- އެމްޕްލޯއި އެޕްރައިޒަލްއަށް ބެނުންވާ ލިޔުންތައް ތައްޔާރުކުރުމާއި، އެޕްރައިޒަލް ރެކޯޑްސް ބެލެހެއްޓުން.
- މުވައްޒަފުންގެ ހާޒިރީ ބަލަހައްޓައި ހާޒިރީގެ ރިޕޯޓު ތައްޔާރުކުރުން.
- މުވައްޒަފުންގެ މަހު މުސާރަ ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- ކޮމިޝަނުގެ އެޗް.އާރ މަސައްކަތާ ގުޅޭގޮތުން އެކިފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުން.
- ކޮމިޝަނުގެ އެޗް.އާރ މަސައްކަތާ ގުޅޭ ލިޔެކިޔުންތައްތަކުގެ ރެކޯޑްސް ބެލެހެއްޓުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ފޯމުގައި ބުނެފައިވާ ލިޔުންތައް. (އެޕްލިކޭޝަން ފޯމު މިކޮމިޝަނުގެ ރިސެޕްޝަނުންނާއި ވެބްސައިޓް: www.pic.org.mv އިން ލިބެން ހުންނާނެއެވެ.)
ނޯޓް:
- އެޕްލިކޭޝަން ފޯމު ހުށަހަޅާނީ ރަސްމީގަޑީގައި (08:00އިން 15:00އަށް) މިކޮމިޝަނުގެ ކައުންޓަރަށެވެ.
- އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ބަލައިނުގަނެވޭނެ އެވެ.
- ހުށަހަޅަންޖެހޭ މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ޑިސްކޮލިފައި ކުރެވޭނެއެވެ. އަދި ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން، ނުވަތަ ޝަރުޠު ހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެ ފަރާތެއްވެސް ޑިސްކޮލިފައި ކުރެވޭނެއެވެ.
|
ސުންގަޑި:
|
2015 ޖޫން 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން،
ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ އެއްވެސް އެޕްލިކޭޝަނެއް ނުވަތަ ކުރިން ހުށަހަޅާފައިވާ އެޕްލިކޭޝަނުގެ ބައެއްވެސް ބަލައިނުގަނެވޭނެއެވެ.
|
އިތުރު މަޢުލޫމާތު:
|
- މިމަޤާމުގެ އިންޓަވިއުއަށް ދަޢުވަތު ދެވޭނީ މަޤާމަށް ޝޯޓްލިސްކުރެވޭ ފަރާތްތަކުގެތެރެއިން ތަޢުލީމާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސްލިބޭ 15 ފަރާތަކަށެވެ.
- އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެކްޓިކަލް ޓެސްޓެއް ދެވޭނެއެވެ.
- މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުއާއި ޕްރެކްޓިކަލް ޓެސްޓު ބޭއްވުމަށް ހަމަޖެހިފައިވަނީ 2015 ޖޫން 28 ން ޖުލައި 02 އާ ދެމެދުއެވެ.
- އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3001320 ފޯނާ ގުޅުއްވުން އެދެމެވެ.
|