މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމުގެ ކޮންސަލްޓެންސީ ޚިދުމަތާބެހޭ

ޕްރޮޖެކްޓް ނަންބަރު: TES/2015/C-08

ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ބ. ކެންދޫ، ޅ. ކުރެންދޫ، ކ. ގުޅި، އދ. އޮމަދޫ ފެނުގެ ނިޒާމުގެ ޑިޒައިން ކުރުމުގެ ކޮންސަލްޓެންސީ ޚިދުމަތާބެހޭ

1. 2015 ވަނަ އަހަރުގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ބ. ކެންދޫ، ޅ. ކުރެންދޫ، ކ. ގުޅި، އދ. އޮމަދޫ ފެނުގެ ނިޒާމު ޤާއިމުކުރުމަށް ފައިސާ ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުތަކަށް ލިބިފައިވާ ފައިސާގެ ތެރެއިން މި ހަތަރު ރަށުގައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމުގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކޮންސަލްޓެންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯޒަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ އެދިލެއްވުމުގެ މަތިން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތައް މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު (ބްރޯޝަރ، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފުސީލު، މިފަދަ ހާލަތްތަކުގައި މަސައްކަތް ކުރުމުގެ ތަޖުރިބާ، ލިބިފައިވާ ތަޢުލީމީ ފެންވަރު އަދި އެހެނިހެން މަޢުލޫމާތު) ހުށަހަޅަންވާނެއެވެ.

3. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާކަން ނުވަތަ ނޫންކަން އަންގައިދޭ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކުރާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ޕްރޮޕޯޒަލްއާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ޕްރޮޕޯޒަލް ހުޅުވާ ތާރީޚުގެ ކުރިޔަށް 5 (ފަހެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.

4. މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން 01 ޖޫން 2015އިން 22 ޖޫން 2015 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް (ރަމަޟާން މަހު ބަންދުނޫން ކޮންމެ ދުވަހަކު 10:00 އިން 13:30 އަށް) މި ދަޢުވަތުގެ 06 ވަނަ ނަންބަރުގައިވާ އެޑްރެހަށް ލިޔުމަކުން ހުށަހެޅުމުން ޕްރޮޕޯޒަލް ހުށަހެޅުމަށް ރަޖިސްޓަރީ ކޮށްދެވޭނެއެވެ. މިމަސައްކަތުގެ އާރ.އެފް.ފީ މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މި މަސައްކަތާބެހޭ އެއްވެސް ސުވާލެއްވާނަމަ 2015 ޖޫން 15ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ މެއިލް އެޑްރެހަށް ފޮނުއްވައިދެއްވުން އެދެމެވެ.

6. ވީމާ، މިކަމަށް ޝައުޤުވެރިވާ، ޝަރުޠު ހަމަވާ ފަރާތްތަކުން 2015 ޖޫން 24ވާ ބުދަ ދުވަހުގެ 12:00ގެ ކުރިން "ޕްރޮޕޯޒަލް" ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

   ޓެންޑަރ އިވެލުއޭޝަން ސެކްޝަން

   މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

   އަމީނީމަގު، މާލެ،  ދިވެހިރާއްޖެ.

   ފޯން:  3349102،  3349106

   އީމެއިލް އެޑްރެސް: [email protected]

              [email protected]

01 ޖޫން 2015
ހޯދާ