މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މަޤާމު: ޑިރެކްޓަރ    

މުސާރަ:

މަހަކު -/8،835 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ކްލެސިފިކޭޝަން:

ޑިރެކްޓަރ

ރޭންކް:

އީ.އެކްސް.1

ބޭނުންވާ އަދަދު: 

01 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން:

ފިޝަރީޒް ކޮމްޕްލަޔަންސް

މަސައްކަތްކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު:

 

  • މަޤާމުގެ މަސައްތަކާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާ އެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފިޝަރީޒް ކޮމްޕްލަޔަންސް ސެކްޝަންގެ މަސައްކަތްތައް ރާވައި ހިންގައި، ސެކްޝަންގެ މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުން.
  • ފިޝަރީޒް ރެގިއުލޭޝަން އެންޑް ލައިސަންސިންގއާބެހޭ އެންމެހައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބަލާ މޮނިޓަރ ކުރުން.
  • މިނިސްޓްރީގެ ބޭނުމަށް މަސްވެރިކަމާއި، މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމާ ގުޅޭ ގޮތުން ފަންނީ ރިޕޯޓު ތައްޔާރު ކުރުން.
  • އިންޑިއަން އޯޝަން ޓޫނާ ކޮމިޝަންގެ ރީޖަނަލަ އޮބްޒާވަރ ސްކީމް ދިވެހިރާއްޖޭގައި ޤާއިމު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  • މަސްވެރިކަމާ ގުޅޭ ގޮތުން އެކިއެކި އެގަވާއިދުތައް ތަންފީޛުކުރުމަށް ބޭނުންވާ އިދާރީ އޮނިގަނޑު ފަރުމާކޮށް ހިންގުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މަސައްކަތު ދާއިރާއިން ލިބިފައިވާތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެދާއިރާއިން ލިބިފައިވާ މަޢުލޫމާތުގެ މިންވަރުއަށް ޝައުޤުވެރިކަންހުރި މިންވަރު
  • މަސްވެރިކަމުގެ ދާއިރާގައި މޮނިޓަރިންގ، ކޮންޓަރޯލް އެންޑް ސަރމައިލަންސްގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު
  • ސިވިލް ސަރވިސް ގަވާއިދަށް އަހުލުވެރި މިންވަރ

މަޤާމު:  ރިސާރޗް އޮފިސަރ    

މުސާރަ

މަހަކު -/6،295 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު 

2 

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް

އެމް.އެސް.2

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ ސެކްޝަން

ފިޝަރީޒް މެނޭޖްމެންޓް

މަސައްކަތްކުރަންޖެހޭ ތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ނުވަތަ ފިޝަރީޒް މެނޭޖްމަންޓްގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • މަސް އެކްސްޕޯރޓް ކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް މަސް ވިއްކުމަށް މަސްވެރިކަންކުރާ އުޅަނދުފަހަރުގެ ލައިސަންސް ދޫކުރުން.
  • މަސް އެކްސްޕޯރޓްކުރުމަށް ނުވަތަ އެކްސްޕޯޓްކުރާ ފަރާތްތަކަށް ވިއްކުމަށް މަހާއި މަހުން ތަކެތި އުފައްދާ ތަންތަނުގެ ލައިސަންސް ދޫކުރުން.
  • މަސްވެރިކަމަށް އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމާއި ބާޠިލުކުރުން އަދި ޤާނޫނީ ފޯމު ފުރާދިނުމާއި، ދިވެހިރާއްޖޭގެ މަސްވެރިކަން ރާވާ ހިންގައި ބެލެހެއްޓުމަށް ނިޒާމްތަކެއް ކަނޑައަޅައި ތަންފީޒުކުރުން.
  • ދިވެހިރާއްޖޭގައި ކުރާ ކަނޑުގެ ދިރުންތަކުގެ ތަޙުލީލުކުރުމަށް ދޫކުރާ ހުއްދަތަކުގެ މަސައްކަތް ކުރުން.
  • މަސްވެރިކަމުގެ ދާއިރާގައި ހިމެނޭ ބޭރުގެ އެކި ޖަމްޢިއްޔާ އަދި ޖަމާޢަތްތަކުން ރާވައި ހިންގާ ޕްރޮގްރާމްތައް ދިވެހިރާއްޖޭގައި ތަންފީޒް ކުރުން.
  • ދިވެހިރާއްޖޭގައި ކުރާ އެކިއެކި މަސްވެރިކަމުގެ ހާލަތު ބަޔާންކުރާ ރިޕޯޓުތައް ތައްޔާރުކުރުން.
  • މޮނިޓަރިންގ ކޮންޓްރޯލް އެންޑް ސައވައަލަންސްއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • މަސްވެރިކަމުގެ ސިނާޢަތާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމު: ސީނިޔަރ ޕްރޮޖެކްޓް އޮފިސަރ                                              

މުސާރަ

މަހަކު -/7،035 ރުފިިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

 ބޭނުންވާ ޢަދަދު 

01

ސްޕެޝަލް ޑިއުޓީއެލަވަންސް

މުސާރައިގެ %35

ކްލެސިފިކޭޝަން

ސ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް

އެމް.އެސް.3

އޮފީސް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމެންޓް

މަސައްކަތްކުރަންޖެހޭތަން

މިނިސްޓްރީ

މަޤާމުގެ ޝަރުޠު

 

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޝަރުޠު ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

  • ފިޝަރީޒް އިންފްރާންސްޓްރަކްޗަރ ޑިވެލޮޕްމަންޓްގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަނދުފަތި ޔުނިޓުގެ އެންމެހައި މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ހުޅުމާލޭގައި ހުންނަ "ފެޑްސެންޓަރ" އިން ކުރަމުންދާ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
  • ދޮށީގެ މަސްވެރިކަމަށް އަމާޒުކޮށް ރާއްޖޭގައި ޤާއިމްކޮށްފައިވާ 54 ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާ ހުރެ ކަނޑައިގެންދާ ކަނދުފަތިތަކުގެ ރެކޯޑް، އަތޮޅު ކައުންސިލް/ ރަށު ކައުންސިލްތަކުން ފޮނުވާ މަޢުލޫމާތު ބެލެހެއްޓުން.
  • ކަނދުފަތި ހެދުމާއި، ކަނޑައިގެންދާ ކަނޑުފަތިތައް އަލުން ޤާއިމުކުރުމަށް ބޭނުންވާ ތަކެތި ރާއްޖެއިންނާއި ރާއްޖޭން ބޭރުން ގެނައުމަށް، މިނިސްޓްރީގެ ޕްރޮކިއުމަންޓް ސެކްޝަން މެދުވެރިކޮށް ތަކެތި ހޯދައި، ހޯދި ތަކެތީގެ ސްޓޮކް ބެލެހެއްޓުން.
  • 54 ކަނދުފަތީގެ ވިޔުގައިން އެކި ސަބަބުތަކާ ހުރެ ކަނޑައިގެންދާ ކަނދުފަތިތައް އިސްކަންދޭ ތަރުތީބުން ވީއެންމެ އަވަސް މުއްދަތެއްގައި އަލުން ޤާއިމުކުރުން.
  • ކަނދުފަތި ވިޔުގައަށް އެކި ފަރާތްތަކަށްދޭ ގެއްލުން ކުޑަކުރުމަށާ، މީހުން ހޭލުންތެރިކުރުމަށް ބޭނުންވާ މެޓީރިއަލްސް ތައްޔާރުކޮށް، އާންމުކުރުން.
  • އަލަށް ޤާއިމުކުރާ ކަނދުފަތިތަކުގެ ސަރަޙައްދުތައް ސަރވޭކުރުން.
  • ރާއްޖޭގެ އެކިކަންކޮޅުތަކުން ކަނދުފައްޗާ ބެހޭ ގޮތުން މި މިނިސްޓްރީއަށް ހުށަހަޅާ ޝަކުވާތަކަށް ހައްލު ހޯދައި އެފަރާތްތަކަށް އަވަސް މުއްދަތެއްގައި ލިޔުމުން ޖަވާބު ދިނުން.
  • ފިޝަރީޒް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓުން ބަލަހައްޓަމުންދާ ރާއްޖޭގެ އައިސްޕްލާންޓް ޤާއިމު ކޮށްފައިވާ ރަށްރަށާއި، އެޕްލާންޓްތަކުގެ ކެޕޭސިޓީއާއި އިތުރަށް އައިސްޕްލާންޓް ޤާއިމު ކުރުމަށް ބޭނުންވާ ރަށްތައް ދެނެގަތުމުގެ މަސައްކަތްކުރުން.

ވަޒީފާ އަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ލިބިފައިވާ ތަޢުލީމާއި، ތަމްރީން
  • މަސްވެރިކަމުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު
  • ކަނޑުމަތީގައި ގިނަވަގުތު މަސައްކަތްކުރުމުގެ ޤާބިލުކަން ލިވިފައިވާ މިންވަރު
  • ކެމިކަލް އެކްސްޕޯސްވާ މާހައުލެއްގައި މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފަިއވާ މިންވަރު
  • ސިވިލް ސާރވިސް ގަވާއިދާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް

  • ސިވިލް ސާރވިސް ވަޒީފާ އަދާ ކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން
  • އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ) (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް އިން ހިންގާ ކޯސްތައ ފުރިހަމަކޮށް ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވި ނަމަވެސް ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުން.
  • ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަގާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަޤާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަރވިއު އާއި ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި އިމްތިޙާނު ކުރުން

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެސެންޓޭޝަން އަދި ޕްރެކްޓިކަލްސް އާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާތަނެއްގައި އޮންނާނެއެވެ. 

ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 07 ޖޫން 2015 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމު ހުށަހެޅުއްވުން އެދެމެވެ. 
އިތުރު މަޢުލޫމާތު:

އެޕްލިކޭޝަންފޯމުލިބެން ހުންނާނީ މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި ވެބްސައިޓް www.fishagri.gov.mv އިންނެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339244 އާ ގުޅުއްވުން އެދެމެވެ.

 

27 މޭ 2015
ހޯދާ