ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސްލިޕްވޭއެއް ތަރައްޤީކުރުމަށް

ފ.ފީއަލީގައި ސްލިޕްވޭއެއް ތަރައްޤީކުރުމަށްޓަކައި 66875 (ފަސްދޮޅަސް ހަހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) އަކަފޫޓުގެ ބިން ކުއްޔަށް ދޫކުރުމަށް މިކައުންސިލުން ބޭނުންވާތީ 2015 މޭ 13 ވަނަ ދުވަހު ކުރެވުނު މިއިދާރާގެ ނަންބަރު: C/2015/12-ފ370 އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ ދެފަރާތުން ކަމުގައިވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން މި މަސައްކަތް ކޮށްދިނުމުގެ ޝައުޤުވެރިކަން ހުރި ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކުރުމަށްޓަކައި ޝައުޤުވެރިވާ ފަރާތެއް ހުރިނަމަ 2015 ޖޫން 4 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 17 ވާ ބުދަދުވަހުގެ 14:00 އަށް މި އިދާރާއަށް ދުރުވެ ބިޑް ހުށަހެޅުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމުގެ 1 ގަޑިއިރު ކުރިން ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ ބިޑްފޮތް ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. އަދި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަވެސް ދަންނަވަމެވެ. ބިޑް ފޮތެއްގެ އަގަކީ -/3000 ރުފިޔާއެވެ.

2015 މޭ 13 ވަނަ ދުވަހު ކުރެވުނު އިޢުލާނާ ގުޅިގެން ބިޑްފޮތް ބައްލަވައިގެންފައިވާ ފަރާތްތަކަށް އިތުރު އަގަކާނުލައި ބިޑްފޮތް ދޫކުރާގޮތަށް ހަމަޖެހިފައިވާތީ އެކަންވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ