މިލަދުންމަޑުލު އުތުރުބުރީ ނަރުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓުބޯޅަދަނޑުގެ ވަށާފާރާއި ފެންސް ޖެހުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު.

މިރަށުގެ ފުޓުބޯޅަދަނޑުގެ ވަށާފާރާއި ފެންސްޖެހުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

ވީމާ، މިއިދާރާއިން ދޭ ކުރެހުމަކާ އެއްގޮތަށް މިރަށު ފުޓުބޯޅަދަނޑުގެ ވަށާފާރު ރާނައި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތެއްވާނަމަ 2015 ޖޫން 11 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 22 ވާ ހޯމަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

09 ޝަޢުބާން 1436

27 މޭ 2015
ހޯދާ