މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން

މ. ދިއްގަރު ހެލްތު ސެންޓަރ އެކްސްޓެންޝަން އިމާރާތުގެ މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 10:00އަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށާއި މ. ދިއްގަރު ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޖޫން 09 ވާ އަންގާރަ ދުވަހުގެ 13:00 އަށް މ. މުލީ ރީޖަނަލް ހޮސްޕިޓަލަށާއި މ. ދިއްގަރު ހެލްތު ސެންޓަރަށް އަދި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަން މަގު) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބު ބާޠިލުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

10 ޝަޢުބާން 1436       

28 މޭ 2015
ހޯދާ