އދ. އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ސްޕޯޓްސް ސުޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމް:

ސްޕޯޓްސް ސުޕަވައިޒަރ   

މަޤާމް ނަންބަރު:

188-OD/22/2015/14

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މަޤާމް ގިންތި:

ދާއިމީ

ސެކްޝަން:

އިދާރީ

މުސާރަ:

-/4465 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

މަސައްކަތް ކުރަންޖެހޭ އޮފީސް:

އދ. އަތޮޅު މަދަރުސާ / އދ. މާމިގިލި

 

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސްޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.  

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ސްޕޯޓްސް އިންސްޓްރޫމެންޓުގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން.

2- އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި، ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް، ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން.

3- ސްޕޯޓްސްއަށް ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވުންފަދަ ކަމެއް ވެއްޖެނަމަ، އެޑްމިންއަށް އެކަން އަންގައިގެން އެތަކެތި ހޯދުން.

4- ޓައިމްޓޭބަލާ އެއްގޮތަށް ޕީ.އީ ގަޑިތައް ގެންދާއިރު ޓީޗަރުންނަށް އެހީތެރިވުން.

5- ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެނގިފައިވުމާއި، ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މަޢުލޫމާތާއި ލަފާދިނުން.

6- ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުންކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމްކޮށްފައި ބެހެއްޓުން.

7- އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި، ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވުން.

8- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ސްޕޯޓްސް ހަރަކާތްތަކާއި، ޕީއީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި ސުޕަވައިޒަރަށް ހުށަހެޅުން.

އިތުރު އެލަވަންސްތައް:

- ސަރވިސް އެލަވަންސްގެ ގޮތުގައި މަހަކު 1500.00 ރުފިޔާ ލިބޭނެއެވެ.

- އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް:

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

އިންޓަވިއުކުރުން:

މި މަޤާމަށް މީހަކު ހޮވުމަށްޓަކައި އިންޓަވިއުކުރުން އޮންނާނީ، 2015 ޖޫން 9 އާއި 15 އާ ދެމެދުގެ ތާރީޚެއްގައެވެ. އިންޓަވިއުކުރާ ގަޑި، އިންޓަވިއުކުރުމުގެ 3 ދުވަހުގެ ކުރިން އެންގޭނެއެވެ. އިންޓަވިއު އޮންނާނީ، އދ. އަތޮޅު މަދަރުސާގައެވެ.

ސެޓްފިކެޓްތަކާ ލިޔެކިޔުންތައް އެޓެސްޓްކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތައް އެޓެސްޓްކުރުން އޮންނާނީ، އިންޓަވިއުކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުންވެސް މި ފޯމް ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަން، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުގަމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ. ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  7. ވަޒީފާގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ކޮޕީ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި ވަޒީފާއަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ފޯމާއެކު ހުށަހަޅަން ޖެހޭލިޔުންތައް، 2015 ޖޫން 8 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން އދ. އަތޮޅު މަދަރުސާގެ އޮފީހަށް ހުށަހެޅުން އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ހުށަހެޅިދާނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މައުލޫމާތު ސާފުކުރުމަށް ގުޅާނީ، އދ. އަތޮޅު މަދަރުސާގެ 6680021 ނަންބަރު ފޯނާއެވެ. މޯބައިލުންނަމަ 9867878 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 6680757 އެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.

13 ސަޢުބާން 1436

31 މޭ 2015
ހޯދާ