ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ ޓީވީ ޕްރޮޑަކްޝަން

މަޤާމް :މެނޭޖަރ ޓީވީ ޕްރޮޑަކްޝަން
ބޭނުންވާ އަދަދު :1

 

 

 

(IUL)PSM-HR/PSM/2024/267

ވަޒީފާގެ ފުރުޞަތު

 

މަޤާމް

މެނޭޖަރ ޓީވީ ޕްރޮޑަކްޝަން

މަޤާމުގެ ރޭންކް

L3 – B1

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ޓީވީ ޕްރޮޑަކްޝަން

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

 -/10،500 ރުފިޔާ

ސަރވިސް އެލަވަންސް

-/4،000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސަޕޯޓް ސަރވިސް އެލަވެންސް:ރަސްމީ ކޮންމެ ދުވަހަކަށް 117 ރުފިޔާ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާ އަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9ގެ ސެޓުފިކެޓެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި 3 އަހަރުދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓުފިކެޓެއް ހާސިލްކޮށްފައިވުމާއިއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހަ މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރުދުވަހު މަސައްކަތް ކޮށްފައިވުމާއިއެކު މެނޭޖީރިއަލް ލެވެލްގައި 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- އުނދަގޫ ޙާލަތްތަކުގައިވެސް ޝައުޤްވެރިކަމާއިއެކު މަސައްކަތްކުރުން

- ޓީމުލީޑަރެއްގެ ގޮތުގައި ނަމޫނާ ދެއްކުން

- އެކުގައި މަސައްކަތްކުރާ މުވައްޒަފުންނާ މުޢާމަލާތްކުރުމުގެ  ހުނަރުހުރުން

- ރާވައިގެން މަސައްކަތްކުރުން

- ޚިޔާލް ތަފާތުވުންތަކުންވެސް ފައިދާހުރި ނިންމުންތައް ނިންމުން

- ޓީވީގެ ޕްރޮޑަކްޝަން މަސައްކަތްތައް ކުރަން އެނގުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • މުންނާރު ޗެނަލަށް އުފައްދާ ޕްރޮގްރާމްތަކުގެ އައިޑިއަރ އާއި ކޮންޓެންޓް އެޗްއޯޑީ އާއެކު ޝެއަރކޮށް ތަޖުރިބާ ޙިއްސާ ކުރުން؛
  • މުންނާރު ޗެނަލަށް ބޭނުންވާ ޕްރޮގްރާމްތައް ކަނޑައެޅިފައިވާ ގަޑިތަކަށް ތައްޔާރުކޮށްދިނުން؛
  • ޑިޕާޓްމަންޓުން ކަޑައަޅާފައިވާ އުޞޫލެއްގެ މަތިން ޕްރޮގްރާމްތައް، ޔުނިޓްގައި މަސައްކަތްކުރާ ޕްރޮޑިއުސަރުންލައްވާ ތައްޔާރުކުރުވުން؛
  • ހަވާލުވާ އެކި ޕްރޮޑިއުސަރުން ކުރާ މަސައްކަތްތައް މޮނިޓަރ ކުރުމާއި އުފައްދާ ޕްރޮގްރާމްތަކުގެ ފެންވަރު ރަނގަޅުކުރުން އަދި އެހެން ފަރާތްތަކަށް އެހީތެރިވެދިނުން؛
  • ޕީއެސްއެމް (މުންނާރު ޗެނަލަށް) އުފައްދާ ޕްރޮގްރާމާ ގުޅުންހުރި ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްކުރުން؛
  • ހަވާލުކުރެވޭ ޕްރޮޑަކްޝަންސްތައް އުފައްދާ، ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރުން؛
  • ދިމާވާ މައްސަލަތައް ވަގުތުން ވަގުތަށް ޙައްލު ކުރުމާއެކު، ޕްރޮޑަކްޝަން ޓީމާ ގުޅިގެން އެކުވެރި މާޙައުލެއްގައި މަސައްކަތް ކުރުން؛
  • މުންނާރު ޗެނަލް ޕްރޮމޯޓް ކުރުމަށްމަސައްކަތް ކުރުމާއި ސޯޝަލް މީޑިއާއިން އެކަމަށް ކަނޑައަޅާ އުޞޫލުގެ ތެރެއިން ޕްރޮމޯޓްކުރުމާއި އަޕްޑޭޓްކުރުން؛
  • މަސައްކަތާއި ގުޅޭ ޓްރޭނިންގތަކުގައި ފުރުޞަތު ލިބޭ މިންވަރަކުން ބައިވެރިވުން؛
  • އޮފީހުން ބާއްވާ ޓްރެއިނިންގ ތަކުގައި ލިބިފައިވާ ހުނަރާއި ތަޖުރިބާގެ އަލީގައި ފަންނީ އެހީތެރިކަން ދިނުން؛
  • ޚާއްސަ ހާލަތެއްގައި ކުންފުނިން ކަނޑައަޅާ ވަގުތެއްގައި ވަޒީފާގެ ދާއިރާއިން އެހެނިހެން މަސައްކަތްތައް ކުރުން؛
  • މުންނާރު ޗެނަލް ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރަން އެހީތެރިވެދިނުމާއި ޒިންމާދާރު ކަމާއެކު މަސައްކަތް ކުރުން:
  • މީގެ އިތުރުން ޑިޕާރޓްމަންޓް ހިންގަވަން ހުންނަ ވެރިއަކު ނުވަތަ އޮފީސް ހިންގުމާ ޙަވާލުވެ ހުންނެވި ވެރިއަކު ޙަވާލުކުރައްވާ އޮފީހުގެ މަސައްކަތްތައްކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 13 އޯގަސްޓް 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207, 3000364 އާއި ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

 

 

06 އޮގަސްޓް 2024
ހޯދާ