މިލަދުންމަޑުލު ދެކުނުބުރީ ވެލިދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވޯޑާއި ބަލިމީހުން ބަލާ ކޮޓަރި މަރާމާތުކުރުމަށް

މިމަރުކަޒުގެ ވޯޑާއި، ބަލިމީހުން ބަލާ ކޮޓަރި މަރާމާތުކުރުމަށް ބޭނުންވެއްޖެ

މިމަރުކަޒުގެ ބަލިމީހުން ބަލާ ކޮޓަރިއާއި، ޖެނެރަލް ވޯޑު 2 ގައި ކުރަންވެފައިހުރި މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމަރުކަޒުގެ ނަންބަރު: D15-SM/2015/02ފ(09 އެޕްރީލް 2015) އިޢުލާނާ ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް ބޮޑުކަމަށް ފެންނާތީ، އެއިޢުލާން ބާޠިލުކޮށް، އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރީމެވެ.

ވީމާ، މިދެންނެވި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަރުކަޒުގެެ އިދާރީބަޔަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް މިމަރުކަޒުގެ އިދާރީބަޔަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

07 ޖޫން 2015 ވާ (އާދީއްތަ) ދުވަހުގެ 14:00 އަށް

15 ޖޫން 2015 ވާ (ހޯމަ) ދުވަހުގެ 14:00 އަށް

އަދި ކަނޑައެޅިފައިވާ ގަޑިއަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 6560526 އަދި 9948888 ފޯނާ ގުޅުއްވުން އެދެމެވެ.

13 ޝަޢުބާން 1436

31 މޭ 2015
ހޯދާ