ޑިޕާޓްމަންޓް އޮފް ހެރިޓޭޖް
ދިވެހިރާއްޖެ
ރިސަރޗް އެސިސްޓެންޓް

އިޢުލާން

ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލު މިސްކިތްތައް ހިމެނުމުގެ ޕްރޮޖެކްޓުގެ މަސައްކަތަށް އެހީތެރިވާނެ މީހުން ބޭނުންވެއްޖެ:

ދުނިޔޭގެ  ތަރިކައިގެ  ލިސްޓުގައި  ރާއްޖޭގެ  ހިރިގަލު  މިސްކިތްތައް  ހިމެނުމުގެ  ޕްރޮޖެކްޓުގެ  މަސައްކަތަށް  އެހީތެރިވުމަށް  ބޭނުންވާ  ރިސަރޗް  އެސިސްޓެންޓް  (ތާރީޚު  ދިރާސާކުރުން)  އަދި  ރިސަރޗް  އެސިސްޓެންޓް  (އާކިޓެކްޗަރަލް  ދިރާސާކުރުން)  ހޯދަމަށްޓަކައި  25  މޭ  2015  ގައި  ކުރެވުނު  ނަންބަރު  IUL) 222-AH/INDIV/2015/15) ގެ  އިޢުލާނަށް  ޝަރުޠު  ހަމަވާ  ފަރާތްތައް  ކުރިމަތިލާފައިނުވާތީ،  އެ  އިޢުލާން  ބާޠިލްކޮށްފައި  އަލުން  އިޢުލާން  ކުރަމެވެ.

މަޤާމް

ރިސަރޗް އެސިސްޓެންޓް ( ތާރީޚު ދިރާސާކުރުން)

މުސާރަ

މަސައްކަތްކުރާ ކޮންމެ ގަޑިއެއްގެއިރަށް 38 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

ސެކްޝަން

ހެރިޓޭޖް

މަޤާމު އޮތް އޮފީސް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

 

 

މަޤާމުގެ ޝަރުޠު

 

 

  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިވާ މީހުންނަށް އިސްކަންދެވޭނެ.
  • ދިވެހިބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ.
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.

 

 

 

 

 

ކުރަންޖެހޭ މަސައްކަތް

  1. ދިވެހިރާއްޖެ އުފެދުނުގޮތާއި، މީހުން އާބާދުވިގޮތާއި، ދީނާއި ސަގާފަތާއި އާދަކާދައާ ބެހޭގޮތުން ކުރަން ހުރި ދިރާސާތައް ކުރުން.
  2. ދިވެހިރާއްޖޭގެ ޝާހީ ދަރިފަސްކޮޅު ދެމިގެންއައި ގޮތާއި، ދިވެހިރާއްޖޭގައި ފެންނަންހުރި ހިރިގަލު މިސްކިތްތަކާ ހުރި ގުޅުމާބެހޭގޮތުން ދިރާސާކުރުން.
  3. އެކި ދުވަސްވަރުގައި ދިވެހިރާއްޖެއާއި ބޭރުގެ ޤައުމުތަކާ ހުރި ގުޅުމާއި، މި ޤައުމުތަކުގެ ސަބަބުން ރާއްޖެއަށް ކޮށްފައިވާ އަސަރު.
  4. ދިވެހިރާއްޖެގައި އިހުގައި ކުރަމުންދިޔަ މަސައްކަތްތަކާއި، އެ ދުވަސްވަރު މި މަސައްކަތް ކުރުމަށް ބޭނުންކުރި އާލަތްތަކާ ބެހޭގޮތުން ކުރަންހުރި ދިރާސާތައް ކުރުން.
  5. ހިރިގަލު މިސްކިތްތައް ބިނާކުރެވިފައިވާ ރަށްރަށުގެ ތާރީޚާއި، އެ މިސްކިތްތައް ބިނާކުރުން ހުއްޓުނު ސަބަބު ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި އޮތް ދީންތަކާއި، ގަބޫލުކުރެވުނު ގަބޫލުކުރެވުންތަކާއި، މި ހިރިގަލު މިސްކިތްތަކުން ފެންނަމުންދާ ކުރެހުންތަކާއި މި ގަބޫލުކުރުންތަކާ ހުރި ގުޅުން ހޯދުމަށް ކުރަން ހުރި ދިރާސާތައް ކުރުން.
  7. ރިސަރޗާ ގުޅޭ އިދާރީ މަސައްކަތްތައްކުރުން.
  8. ޑިޕާޓްމެންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅައިފައިވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި، ރިޕޯޓް ތައްޔާރުކުރުން.

މަޤާމް

ރިސަރޗް އެސިސްޓެންޓް ( އާކިޓެކްޗަރަލް ދިރާސާކުރުން)

މުސާރަ

މަސައްކަތް ކުރާ ކޮންމެ ގަޑިއެއްގެއިރަށް 38 ރުފިޔާ

ބޭނުންވާ އަދަދު

1 (އެކެއް)

ސެކްޝަން

ހެރިޓޭޖް

މަޤާމު އޮތް އޮފީސް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

ވަޒީފާ އަދާކުރަންޖެހޭ ތަން/ރަށް

ޑިޕާޓްމަންޓް އޮފް ހެރިޓޭޖް، ކ. މާލެ

 

 

މަޤާމުގެ ޝަރުޠު

 

 

  • މަތީ ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  • ސާނަވީ އިމްތިޙާނަކުން ދިވެހި އަދި އިނގިރޭސި މި ދެ މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު،  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. 
  • މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން އިންޓަވިއުގައި ސާބިތުކޮށްދިނުން.

 

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ބޭރުގެ މާހިރުންނާ ގުޅިގެން މަސައްކަތްކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކޮށް ވާހަކަދައްކަން އެނގުން.
  • ކޮމްޕިއުޓަރުގެ އެކި ޕްރޮގްރާމްތަކަށް އަހުލުވެރިވުން (ޚާއްޞަކޮށް، އެކްސެލްއާއި ވަރޑް ޕްރޮގްރާމަށް އަހުލުވެރިވުން)
  • ރަސްމީ ދުވަސްދުވަހާއި ބަންދު ދުވަސްތަކުގައި ގިނަވަގުތު އޮފީހުގެ މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
  • އާޓްސް ނުވަތަ ހިސްޓްރީގެ ދާއިރާއިން ކިޔަވާފައިވާ މީހުންނަށް އިސްކަންދެވޭނެ.
  • ދިވެހިބަހުގެ އަދަބީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ މީހުންނަށް އިސްކަންދެވޭނެ.
  • ރިސަރޗް މަސައްކަތްތަކުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެ.
  • އާކިޓެކްޗަރގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މީހުންނަށް އިސްކަންދެވޭނެ.

 

 

 

ކުރަންޖެހޭ މަސައްކަތް

  1. ދިވެހިރާއްޖޭގައި ބިނާކުރެވުނު އިމާރާތްތަކުގެ ވައްތަރުތަކާއި، އިމާރަތް ކުރެވުނު ދުވަސްވަރާ ބޭހޭގޮތުން ދިރާސާކުރުން.
  2. ދިވެހިރާއްޖޭގައި އިމާރާތްކުރުމަށް ބޭނުންކުރި މިންތަކާއި ގޮތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  3. ދިވެހިރާއްޖޭގައި އިމާރަތްކުރުމަށް ގެންގުޅުނު މެޓީރިއަލްއާއި އާލަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  4. މިސްކިތްތައް ބިނާކޮށްފައިވާ ތަފާތު ޕްލޭންތަކާއި ޓައިޕޮލޮޖީއާ ބެހޭގޮތުން ދިރާސާކުރުން.
  5. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ އިމާރަތްތަކަށް ބޭރުގެ ނުފޫޒު އައިސްފައިވާ މިންވަރާ ބެހޭގޮތުން ދިރާސާކުރުން.
  6. ދިވެހިރާއްޖޭގައި ބިނާކޮށްފައިވާ ހިރިގަލު މިސްކިތްތަކުގެ ބާވަތްތަކާ ބެހޭގޮތުން ދިރާސާކުރުން.
  7. ދިވެހިރާއްޖޭގައި ބިނާކުރެވިފައިވާ ހިރިގަލު މިސްކިތްތަކާއި ދުނިޔޭގެ އެހެން ހިސާބުތަކުގައި ބިނާކޮށްފައިވާ މި ފަދަ ބިނާތަކާ އަޅާކިޔުން.
  8. ރިސަރޗާ ގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  9. ޑިޕާޓްމަންޓުން ތައްޔާރުކުރާ ތާވަލާ އެއްގޮތަށް ދިރާސާތައް ކުރުމާއި، އެ ދިރާސާތައް ޑިޕާޓްމަންޓުން ކަނޑައަޅާފައިވާ މިންގަނޑާ އެއްގޮތަށް ހުށަހެޅުމާއި، ރިޕޯޓް ތައްޔާރުކުރުން.

 

 

މަސައްކަތްކުރާ ވަގުތު

- އާއްމުކޮށް  މަސައްކަތް  ކުރުމަށް  ހަމަޖެހިފައިވަނީ،  ރަސްމީ  މަސައްކަތު  ދުވަސްދުވަހު 8:00 ން 17:00 އަށް (1 ގަޑިއިރުގެ ބްރޭކް ނުހިމަނައި 8 ގަޑިއިރު)

- މީގެ އިތުރުން، ހަފުތާ ބަންދުގައި މަސައްކަތްކުރާގޮތަށް ހަމަޖައްސާ ދުވަސް ދުވަހު މަސައްކަތަށް ނުކުންނަންވާނެއެވެ.

- މަސައްކަތް ހަވާލުކުރުމަށް ހަމަޖައްސާފައިވަނީ، ހަފުތާއެއްގައި މަސައްކަތްކުރާ ޖުމްލަ ގަޑި 46ގަޑިއިރަށްވުރެ އިތުރުނުވާގޮތަށެވެ.

މަސައްކަތް ކުރަންޖެހޭ މުއްދަތު

2015 ޖުލައި 1 ން 2016 ޖޫން 30 އަށް

 

 

 

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

- ފުރިހަމަކޮށްފައިވާ  ވަޒީފާއަށް  އެދޭ  ފޯމް (ވަޒީފާއަށް  އެދޭ  ފޯމް،  މި  ޑިޕާޓްމަންޓުގެ  ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ފޯމުގެ ސޮފްޓް ކޮޕީ ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި [email protected] އަށް މެއިލްކުރުމުން، އެ ފަރާތަތްކަށް ފޯމް ފޮނުވައިދެވޭނެއެވެ.)

- އެކްރެޑިޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

- ކޯހެއްގެ ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ހެދި ތަނަކުން، ކޯސް ނިންމިކަމުގެ ލިޔުމާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެ ކޯހެއް އެކްރެޑިޓްކުރެވޭ ލެވަލް ބަޔާންކޮށްދޭ ލިޔުމުގެ ކޮޕީ.

- ވަޒީފާގެ ދާއިރާއާ ގުޅުންހުރި ތަމްރީނެއް ފުރިހަމަކޮށްފައިވާނަމަ، އެކަމުގެ ލިޔުމުގެ ކޮޕީ.

- ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް (އެކްރެޑިޓްކޮށްފައި ނުވިނަމަވެސް) ސިވިލް ސަރވިސް މަޤާމްތަކުގެ އަސާސީ ޝަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.

- ވަޒީފާއެއްގައި އުޅެފައިވާ ފަރާތެއްނަމަ، އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއްގެ ކޮޕީ މުއްދަތާއެކު (ވަޒީފާ އަދާކުރަން ފެށި އަދި ވަކިވި ދުވަސް/މަސް/އަހަރު ސާފުވާނެގޮތަށް)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ)

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމް، ވަޒީފާއަށް އެދޭ ފޯމާއެކު ލިބެން ހުންނާނެ)

 

އިންޓަރވިއު ކުރުމާއި /ޕްރެކްޓިކަލްސް ބޭއްވުން

- މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތާރީޚާއި، ތަނާއި، އެކަމާގުޅޭ މަޢުލޫމާތު، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

- މާލޭ ހުކުރު މިސްކިތާ ބެހޭގޮތުން 10 މިނެޓުގެ ޕްރެޒެންޓޭޝަނެއް، ދިވެހިބަހާއި އިނގިރޭސިބަހުން ހުށަހަޅަންވާނެއެވެ.

ސްކްރީން ކުރުން

ވަޒީފާށް އެދި ހުށަހެޅިފައިވާ ހުށަހެޅުންތައް ވަޒީފާއަށް ޢައްޔަނުކުރުމުގެ ޝަރުޠުތަކާއި، އިޢުލާނުގައިވާ އަސާސީ ޝަރުޠުތައް ފުރިހަމަވޭތޯ ސްކްރީން ކުރެވޭނެއެވެ. މިގޮތުން، ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތައް ވަކިކޮށް، ނުހޮވޭ ފަރާތްތަކަށް އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި، ލިޔުމުން އެންގޭނެއެވެ.

 

ޝޯޓްލިސްޓް ކުރުން

ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމާއި، ތަޖުރިބާ، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެ ތެރޭގައި، ލިޔުމުން އެންގޭނެއެވެ.

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ މުއްދަތު ހަމަވާ ތާރީޚު

2015 ޖޫން 17 ވާ ބުދަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް (ޤައުމީ ދާރުލްއަސާރު، ޗާންދަނީމަގު)

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3340207 ނަންބަރު ފޯނަށް ނުވަތަ 3340212 ނަންބަރު ފޯނަށެވެ. ފެކްސް ނަންބަރަކީ 3326796 އެވެ.

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ