ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓުލުމަށް ކަނޑައެޅިފައިވާ ގަޑި އިތުރުކުރުމާގުޅޭ

2024 އޮގަސްޓް 10 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އިންތިޚާބުކުރާ ފަނޑިޔާރު ހޮވުމަށް ބާއްވާ އިންތިޚާބު 2024 ގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ ފަނޑިޔާރުންގެ ރަޖިސްޓްރީގައި ހިމެނޭ އެންމެހައި ފަނޑިޔާރުންނަށް ވޯޓުލުމުގައި ބައިވެރިވޭނެކަން ކަށަވަރުކުރުމުގެ ގޮތުން މި އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ވަގުތު، އިތުރު 1 (އެކެއް) ގަޑިއިރަށް އިތުރުކޮށް، މި އިންތިޚާބުގެ ވޯޓުލުން 2024 އޮގަސްޓް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 – 12:00 އަށް ބާއްވާގޮތަށް ހަމަޖައްސައިފީމެވެ.

ވީމާ، މިކަން ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

05 އޮގަސްޓް 2024
ހޯދާ