ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު 2024 އާންމުކުރުން

ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް (ފުލްޓައިމް ވަޒީފާއަށް) ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން އަނބުރާ ޚިދުމަތަށް ނުކުތުމުގެ މަގު ތަނަވަސްކޮށްދިނުމަށް އެކަށައަޅާފައިވާ ޚާއްސަ ސިޔާސަތު ތަންފީޒުކުރުމުގެ ގޮތުން، "ޚިދުމަތުން ދުރަށްދާންޖެހިފައިވާ ޚިދުމަތްތެރިންނާއި، ދާއިމީ ވަޒީފާއަށް ނިކުތުމަށް އުޒުރުވެރިވާ ފަންނީ އަދި އިދާރީ ޚިދުމަތްތެރިން ޚިދުމަތަށް ނެރުމުގެ އުޞޫލު  2024" މި ސަރކިއުލަރއާއެކު އާންމުކުރަމެވެ. މި އުޞޫލަށް ޢަމަލުކުރަންފަށާނީ، 2024 އޮގަސްޓު 05 ވަނަ ދުވަހުން ފެށިގެންނެވެ.

މި އުޞޫލުގައި ސިވިލް ސަރވިސްގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންގެ ތެރެއިން، މުވައްޒަފެއް މަޔަކަށްވުމުން ލިބޭ ޗުއްޓީއަށް ދިއުމުން ބަދަލު އިންތިޒާމު ހަމަޖެއްސުމުގެ ޙާލަތު ހިމެނިފައިވާތީ، މި އުޞޫލު އާންމުކުރާ ތާރީޚުން ފެށިގެން "ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ޚިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އުޞޫލު (20 މޭ 2019)" އުވާލެވޭނެވެ.

މި އުޞޫލާ ގުޅޭ އެންމެހައި ލިޔެކިޔުންތައް މި ކޮމިޝަނުގެ ވެބްސައިޓުގެ  https://www.csc.gov.mv/Policy/Index/97ލިންކުން ލިބިވަޑައިގަންނަވާނެކަމުގައި ވެސް ދެންނެވީމެވެ.

05 އޮގަސްޓް 2024
ހޯދާ