މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
'ހިސްޓޯރިކަލް ޓައިމްލައިން' އެއް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

ކުރިއަށްއޮތް 2016 ވަނަ އަހަރަކީ "ފަތުރުވެރިން ޒިޔާރަތްކުރާ އަހަރު" ގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމާފައިވާ އަހަރުކަމަށްވުމުން، ތަފާތުގިނަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ވަނީ ނިންމިފައެވެ. އެގޮތުން، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ބެހެއްޓުމަށް ހަމަޖެހިފައިވާ، ރާއްޖޭގެ ތާރީޚު ދައްކުވައިދޭ "ހިސްޓޯރިކަލް ޓައިމްލައިން" އެއް މި ކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތާ އެއްގޮތަށް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މިކަންތައް ކޮށްދެއްވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 2015 ޖޫން 04 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ކޯޕަރޭޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޖޫން 16ވާ އަންގާރަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

14 ޝަޢުބާން 1436

01 ޖޫން 2015
ހޯދާ