ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
9,000 މެޓްރިކްޓަނުގެ ހަނޑޫ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން

މިކުންފުންޏަށް 9,000 މެޓްރިކްޓަނުގެ ހަނޑޫ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

މިކުންފުންޏަށް 9,000 މެޓްރިކް ޓަނުގެ ހަނޑޫ ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ބައިނަލްްއަޤުވާމީ ފެންވަރުގައި ހަނޑޫ ފޯރުކޮށްދިނުމުގެ ތަޖުރިބާ ހުރި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތް އަދި އުފައްދާ ޤައުމުތައް:

ބާވަތް: ހަނޑޫ (IR‐64 Parboiled Rice) އެވެ.

ޤައުމު: ބީލަންކަރުދާސް ހުޅުވާލެވޭ ބާވަތަކީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާ، ސައުތު އެމެރިކަން ކަންޓްރީސް، ޔުނައިޓެޑް ޢަރަބް އެމިރޭޓްސް، އޮސްޓްރޭލިއާ، ކެނެޑާ، އިންޑިއާ، ޕާކިސްތާން، އިންޑިއާ ރިޕަބްލިކް އޮފް އިންޑޮނޭޝިއާ، މެލޭޝިއާ، ޓަރކީ، ތައިލެންޑް، ރިޕަބްލިކް އޮފް ޕިލިޕިންސް، ރިޕަބްލިކް އޮފް ސިންގަޕޯރ، ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އަދި ޔޫރަޕްގެ އެހެނިހެން ޤައުމުތަކުގައި ހައްދާފައިވާ ހަނޑުލެވެ.

ޝިޕްމަންޓްގެ ތާވަލް އަދި ޖުމުލަ އަދަދު:

މުދާ ފޯރުކޮށްދޭންވާނީ ބައިބަޔަށް މިކުންފުނިން އެދިލައްވާ ތާވަލެއްގެ ދަށުން 9,000 މެޓްރިކް ޓަން ގެނެސް ޚަލާޞްވަންދެންނެވެ.

ބީލަމުގައި ރަޖިސްޓަރީވުމާއި ބީލަމުގެ ކަރުދާސް ބަލައިގަތުން:

ބީލަމުގައި ބޭނުންވާނެ ހުރިހާ ކަރުދާހެއް ލިޔެވިފައި ހުންނާނީ އިނގިރޭސިބަހުންނެވެ. ބީލަން ކަރުދާސް ބައްލަވައިގަނެވޭނީ 2015 ޖޫން 11 ވާ ދުވަހުގެ ދިހައެއްޖެހުމުގެ (10:00) ގެ ކުރިން ނޮން ރިފަންޑަބަލް ރެޖިސްޓްރޭޝަންފީގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވާ 150.00 އެމެރިކާ ޑޮލަރު، ނުވަތަ އެއާ އެއްފަދަ ދިވެހިރުފިޔާއިން މިކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓަށް ދެއްކި ބޭފުޅުންނަށެވެ. ނަގުދު ފައިސާގެ ގޮތުގައި ގަބޫލުކުރެވޭނީ ކޭޝިޔަރސް ޗެކް އަދި ޑައިރެކްޓް ޑިޕޮޒިޓް (މިކުންފުނީގެ ބެންކް އޮފް މޯލްޑިވްސް މެއިން ބްރާންޗްގެ އެކައުންޓް ނަންބަރު 103 005999 200 ސްވިފްޓް ކޯޑް HSBCMVMV) އެވެ. ނަގުދު ފައިސާއިން ރެޖިސްޓްރޭޝަން ފީ ދައްކަވާ ބޭފުޅުން ތިރީގައި ދެންނެވިފައިވާ އީމެއިލް އެޑްރެހަށް ފައިސާ ޖަމާކުރިކަމުގެ ރަސީދު ފޮނުވަންވާނެއެވެ. ރެޖިސްޓްރޭޝަން ފުރިހަމަކުރައްވާފައިވާ ބޭފުޅުންނަށް ބީލަން ކަރުދާސް ދޫކުރުން އޮންނާނީ 2015 ޖޫން 16 ވަނަދުވަހު އީމެއިލްގެ ޒަރީޢާއިންނެވެ.

ސުވާލާއި ޖަވާބު

ބީލަން ކަރުދާސް ބައްލަވައިގަތުމަށްފަހު ހުށަހަޅުއްވަން ބޭނުންފުޅުވެލައްވާ ސުވާލުތައް 2015 ޖޫން 22 ވާ ދުވަހުގެ ދިހައެއް (10:00) ޖެހުމުގެ ކުރިން އީ- މެއިލްގެ ޒަރީޢާއިން ފޮނުވަންވާނެއެވެ. އަދި ބިޑް ޑޮކިއުމަންޓް ބައްލަވައިގަނެފައިވާ ފަރާތްތަކަށްް 28 ޖޫން 2015 ވަނަ ދުވަހު އީ- މެއިލްގެ ޒަރީޢާއިން ޖަވާބުދާރީވެވޭނެއެވެ.

ބީލަންކަރުދާސް ހުޅުވުން:

ބީލަން ކަރުދާސް ހުޅުވުން އޮންނާނީ 2015 ޖުލައި 05 ވާ ދުވަހު ހެނދުނު އެގާރަގަޑި ސުންމިނެޓް (11:00) ގައި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކގެ ހެޑްއޮފީހުގެ ކޮންފަރެންސްރޫމުގައި ބީލަމުގައި ބައިވެރިވެލެއްވި ބޭފުޅުންގެ ހާޒިރުގައެވެ.

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ.

އެޑްރެސް:                ބޮޑުތަކުރުފާނުމަގު، މާފަންނު، މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު:             333 44 33 960+ / 402 44 33 960+

ފެކްސް:                 402 44 33 960+

ކޮންޓެކްޓް ކުރަންޖެހޭ ފަރާތް:     އާމިނަތު ވަޙީދާ    

އީމެއިލް:                [email protected]

އިތުރު މަޢުލޫމާތު ހޯއްދެވުމަށް މަތީގައި ދެންނެވިފައިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

ނޯޓް: މަތީގައި ދެންނެވިފައިވާ ގަޑިތަކަކީ ދިވެހިރާއްޖޭގެ ގަޑި (GMT+5:00)

27 މޭ 2015
ހޯދާ