މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ލެބަށް ފަރުނީޗަރު ގަތުމަށް

ރާއްޖޭގެ 11 ސްކޫލަކަށް ކޮމްޕިއުޓަރ ގޮނޑި އަދި ކޮމްޕިއުޓަރ މޭޒު ގަންނަން ބޭނުންވެއްޖެއެވެ.

އަންދާސީހިސާބުގައި ހިމަނަންޖެހޭ މަޢުލޫމާތު:

މި ތަކެތި ސަޕްލައިކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އަގު ހުށަހެޅުމަށް އެކަމަށް ޚާއްޞަކުރެވިފައިވާ 'ރިކުއެސްޓް ފޯ ކޯޓޭޝަން ޑޮކިޔުމަންޓް: ކޮމްޕިއުޓަރ ލެބް ފަރުނީޗަރ – އީއީޑީޕީ.ޖީ.16" ޑޮކިޔުމަންޓް ފުރިހަމަކުރުމަށްފަހު ހުށަހަޅަންވާނެއެވެ. މި ޑޮކިޔުމަންޓްގައި އަންދާސީހިސާބުގައި ހިމަނަންޖެހޭ ހުރިހާ މަޢުލޫމާތެއް ހިމެނިފައިވާނެއެވެ. މި ޑޮކިޔުމަންޓް މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މި ޑޮކިޔުމަންޓް ހުށަނާޅާ ފަރާތްތަކުގެ ބިޑްތައް ބަލައެއްނުގަނެވޭނެއެވެ.

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސްކޮށްފައެވެ.

ޕްރޮޖެކްޓް ކޯޑިނޭޓަރ

ކޯޑިނޭޝަން ސަޕޯޓް ޔުނިޓް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އިޢުލާން ނަންބަރު:  

ބިޑް ހުޅުވުން:

އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 8 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (103، 1 ވަނަ ފަންގިފލާ، އެދުރުހިޔާ ބިލްޑިންގ) ގައެވެ. މިގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައެއްނުގަނެވޭނެއެވެ.

ވީމާ، މިތަކެތި ސަޕްލައިކޮށްދިނުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 8 ޖޫން 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް:

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3341317، 3341318.

[email protected] :އީމެއިލް -

01 ޖޫން 2015
ހޯދާ