ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ

އިޢުލާން

ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ މުވައްޒަފެއް ބޭނުންވެއްޖެ:

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

1. ޤައުމީ މަންހަޖުގެ ކިޔަވައިދިނުމަށް ބޭނުންވާ ފޮތްތައް ލިޔެ، ލޭއައުޓް ހެދުމުގެ މަސައްކަތްތަކުގައި މި އިންސްޓިޓިއުޓުގެ ފަރާތުން ޤުރްއާން މާއްދާގެ އެންމެހައި ކަންތައްތައް ބެލެހެއްޓުން.

2. ސްކޫލްތަކަށް ގޮސް، ޤުރްއާން މާއްދާގެ މަންހަޖު ތަންފީޒު =ކުރާގޮތް ބެލުން:

(ހ) ޓީޗަރުން ބޭނުންވާ ކަންކަން ފާހަގަކޮށް، އެކަންކަމުގައި އެހީތެރިވުމުގެގޮތުން އުފައްދަންޖެހޭ ތަކެތި އުފެއްދުމާއި، އުފައްދާފައިވާ ތަކެއްޗަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް ހުށަހެޅުން.

(ށ) ޤުރްއާން މާއްދާގެ މަންހަޖު ތަންފީޒުކުރުމަށްޓަކައި ޓީޗަރުންނަށް ބޭނުންވާ އިތުރު ތަމްރީނުތައް ރާވައި ހިންގުމުގައި ކަމާބެހޭ ފަރާތްތަކަށް އެހީތެރިވުން.

3. ޤުރްއާން މާއްދާ ކިޔެވުމާއި ކިޔަވައިދިނުމުގައި ދަރިވަރުންނާއި މުދައްރިސުން ބޭނުންކުރާނެ ތަކެތި އުފެއްދުމުގެ މަސައްކަތް ކުރުން.  

4. ސްކޫލްތަކާއި، ޢަރަބި މާއްދާގެ ފަންނީ މާހިރުންގެ މަޝްވަރާއާއެކު، މާއްދާގެ ފޮތްތަކާއި ކިޔެވުމާއި ކިޔަވައިދިނުމުގެ އެހީތައް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ކުރުން.

5. ޚިދުމަތުގައި ތިއްބަވާ ޓީޗަރުންނާއި، އަލަށް ޚިދުމަތަށް ނުކުންނަ ޓީޗަރުން، ޤުރްއާން މާއްދާގެ މަންހަޖަށާއި، މަންހަޖު ތަންފީޒުކުރުމަށް ބޭނުންކުރާ ވަސީލަތަކަށް އަހުލުވެރިކުރުވުމުގެގޮތުން ހިންގަންޖެހޭ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

6. ޤުރްއާން މާއްދާގެ ޕެނަލް ބައްދަލުވުންތައް ބޭއްވުން.

މަސައްކަތް ކުރަންޖެހޭ ތަން:

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން

މަސައްކަތް ކުރަންޖެހޭ ވަގުތު:

ހެނދުނު 8:00 ން މެންދުރުފަހު 15:00 އަށް.

(އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން، އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ.

ކޮންޓްރެކްޓްކުރެވޭ މުއްދަތު:

1 އަހަރު ދުވަހު ދުވަސް

މަޤާމުގެ މުސާރައާއި، މަޤާމުގެ ޝަރުޠު:      

                                                                           

މަޤާމް

 

މަޤާމުގެ

ކްލެސިފިކޭޝަން

މަޤާމުގެ

ޝަރުޠު

މަޤާމުގެ އަސާސީ މުސާރަ

ސަރވިސް

އެލަވަންސް

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ

MS3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 4

ޓީޗިންގ ސަރވިސް އޮފިސަރ 4 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7035

3500

MS4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 5

ޓީޗިންގ ސަރވިސް އޮފިސަރ 5 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

7875

EX1

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6

ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

8835

EX2

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7

ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

9890

EX3

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8

ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

11065

EX4

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9

ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

12400

EX5

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10

ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

13890

EX6

އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11

ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން.

15560

ސުންގަޑިި:

 މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޖޫން 9 ވަނަ ދުވަހުގެ 14:30 ގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

އިންޓަވިއު ކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 2015 ޖޫން 10 އާއި 20 އާ ދެމެދުގައެވެ.

ށ. އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު، އެފަރާތްތަކަށް އެކަންޏެވެ.

ނޯޓް:  

މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންފުވާ ފަރާތްތަކުން، މި އިންސްޓިޓިއުޓުގެ 3318852 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

9 ޝަޢުބާން 1436

27 މޭ 2015
ހޯދާ