މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ވޮލެންޓިއަރކޮށް މަސައްކަތްކުރުމުގެ ފުރުސަތު

ވޮލެންޓިއަރކޮށް މަސައްކަތްކުރުމުގެ ފުރުސަތު

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / ހުޅުމާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

މަތީ ތަޢުލީމާއި، މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ގުޅުންހުރި އިދާރީ މަސައްކަތްކުރުން

މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ އިމްތިޙާން (ޖީސީއީ އޯ ލެވެލް) ނިންމާފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ލިޔުން.
  2. ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ވޮލެންޓިއަރކޮށް މަސައްކަތްކުރުމާއި މެދު ބެލެނިވެރިޔާގެ އިޢުތިރާޒެއްނެތްކަމުގެ ލިޔުން. (18 އަހަރު ނުފުރޭނަމަ)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 07 އޮގަސްޓް 2024 (ބުދަ) ދުވަހުގެ 13:30  ގެ ކުރިން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ/ ހުޅުމާލެ އަށެވެ.

ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް އެދޭ ލިޔުންތައް އީ-މެއިލް[email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް، ވޮލެންޓިއަރކޮށް މަސައްކަތްކުރުމަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

ނޯޓް: ވޮލެންޓިއަރ ކޮށް މަސައްކަތްކުރުމުގެ މުއްދަތު ނިމުމުން ތަޖުރިބާގެ ލިޔުން ދެވޭނެކަމުގައި ދަންނަވަމެވެ.

01 އޮގަސްޓް 2024
ހޯދާ