މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ށ. މިލަންދޫގެ ޖަމްއިއްޔާ ޖަމާއަތްތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

އިޢުލާން

 

ށ. މިލަންދޫގެ ޖަމްއިއްޔާ ޖަމާއަތްތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލުން

 

ށ. މިލަންދޫގެ ޖަމްއިއްޔާ ޖަމާއަތްތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީއަށް އެދި ޕްރޮޕޯސަލް ހުށައެޅުމަށް މިއަދުން ފެށިގެންވަނީ ހުޅުވާލެވިފައެވެ. މާލީ އެހީ ދޫކުރެވޭނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ހިންގާ ޤަވާއިދުގައި ހިމެނޭ މަޤުސަދުތައް ހާސިލުކުރުމަށް ހިންގޭ ޕްރޮގްރާމުތަކަށް ނުވަތަ ށ. މިލަންދޫ ކައުންސިލުގެ މިއަހަރުގެ މަސައްކަތު ތާވަލުގައި ހިމެނިފައިވާ ޕްރޮގްރާމަތަކަށް ނުވަތަ ކައުންސިލުގެ 5 އަހަރުގެ ތަރައްޤީގެ ޕްލޭނުގައި ހިމެނޭ މުޖުތަމަޢު ބާރުވެރިކުރުމަށާއި އިޖުތިމާޢީ ތަރައްޤީއަށް އަދި އިޖުތިމާޢީ ރޫޙް އާލާކޮށް ދިރުވުމަށް ހިންގޭ ޕްރޮގްރާމުތަކަށެވެ.

"މިލަދުންމަޑުލު އުތުރުބުރީ މިލަންދޫ ކައުންސިލުން ޖަމްއިއްޔާ ޖަމާއަތްތަކަށް އެހީދިނުމުގެ ޤަވާއިދު" އާއި، އެހީ ހޯދުމަށް ހުށަހަޅާ ޕްރޮޕޯސަލުގައި ހިމަންނަޖެހޭ މަޢުލޫމާތާއި ލިޔެކިޔުންތައް އަދި ޕްރޮޕޯސަލް އިވެލުއޭޝަން ކްރައިޓީރިއާ މިއިޢުލާނާއި އެކު ޝާއިޢު ކުރެވިފައިވާނެއެވެ.

ގްރާންޓުގެ ނަން:

ށ. މިލަންދޫގެ ޖަމްއިއްޔާ ޖަމާއަތްތަކުން ރާވާ އިޖުތިމާޢީ ތަރައްޤީގެ ޕްރޮގްރާމުތަކަށް މާލީއެހީ ދިނުން

އެހީގެ ފައިސާ ދެވޭ މިންވަރު:

ޕްރޮޕޯސަލް ހުށަހަޅާ ޖަމްއިއްޔާ ޖަމާއަތްތަކުގެ ތެރެއިން %75 އިންމަތީ މާކްސް ހޯދާ އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށަހަޅާ 2 ޖަމްއިއްޔާ ޖަމާއަތަށް  -/100،000.00 (އެއްލައްކަ) ރުފިޔާއެވެ.

ސުންގަޑި:

 2024 އޯގަސްޓް 20 ވާ އަންގާރަ ދުވަހުގެ 14:00ގެ ނިޔަލަށް

ޕްރޮޕޯސަލް ހުށަހަޅަންޖެހޭގޮތް:

ޕްރޮޕޯސަލްތައް ހުށަހެޅުމަށް މިކައުންސިލުގެ [email protected] މެއިލްއަށް ޕްރޮޕޯސަލްއާއި ޕްރޮޕޯސަލްއާއި ގުޅޭ ލިޔެކުންތައް މެއިލްކުރަންވާނެއެވެ.

01 އޮގަސްޓް 2024
ހޯދާ