ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިސްކިތު މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

މަޤާމް: މިސްކިތު މަސައްކަތު

މަޤާމުގެ ގިންތި: ދާއިމީ

މަޤާމުގެ ކްލެސެފިކޭޝަން:   ސަޕޯޓް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް: އެސް، އެސް. 1

ބޭނުންވާ އަދަދު: 4 (ހަތަރެއް)

މުސާރަ:  މަހަކު 3100.00 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު 1000.00 ރުފިޔާ

ޔުނިޓު: އިކޮނޮމިކް، ސޯސަލް އެންޑް މުނިސިޕަލް ސަރވިސަސް  

ވަޒީފާ އަދާކުރަންޖެހޭ ތަން:  ހދ. މަކުނުދޫ މިސްކިތްތައް

ފެންވަރު ނުވަތަ ޝަރުޠު / ތަޢުލީމާއި ތަޖުރިބާ:

1 - ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލް ކަން ލިބިފައިވުން.

2- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ޞިއްޙަތު ރަނގަޅު މީހެއްކަމުގައިވުން.

މަޤާމުގެ މަސްޢޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައި، ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން، މިސްކިތުގެ އިމާމުގެ އިރުޝާދާ އެއްގޮތަށް، ފަރުވާތެރިކަމާއި އިޙްލާސްތެރިކަމާއެކު މަސައްކަތް ކުރުން.
  2. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ހާޒިރުވެ، މިސްކިތުގެ ވަޅުދޮށާއި، ވުޟޫކުރާ އިސްކުރުބަރިތަކާއި، ފާޚާނާއާއި، މިސްކިތްތެރެ ފޮޅައި ސާފުކުރުން.
  3. މިސްކިތުގެ އެންމެހައި ދޮރުތައް ސާފުކޮށް ބެލެހެއްޓުމާއި، ބިއްލޫރިތައް ސާފުކުރުމާއި، ފަންކާތަކާއި، ބޮކިތައް ފޮހެ ސާފުކުރުން.
  4. މިސްކިތް ތެރޭގައި ހުންނަ ސޯކޭސްތަކާއި، ކަބަޑުތައް ސާފުކޮށް، މުޞްޙަފްތަކާއި އެހެނިހެން އެފަދަ ފޮތްތައް ފޮޅައި ސާފުކޮށް، ތަރުތީބުކޮށް ބެހެއްޓުން.
  5. މިސްކިތުގެ އެތެރެއާއި ބޭރުގައި ޖަހާފައިވާ އެންމެހައި ތަށިމުށިތައް ފޮޅައި ސާފުކޮށް މޮޕްކުރުން.
  6. މިސްކިތުގެ ދިޔަދޮވިތައް ސާފުކޮށް، މިސްކިތުގެ ފެންވަޅު ދިޔަހިއްކައި، ގޯތިތެރޭގައި ފަޅާ ވިނަތައް ނޮޅައިި ސާފުކޮށް ކުނިކަހައި ބެލެހެއްޓުން.
  7. މިސްކިތުގެ ވަށައިގެންވާ މަގުތަކާއި، ގޯޅިތަކުގައި ފަޅާ ވިނަ ނޮޅައި ސާފުކޮށް، ކުނިކަހައި ބެލެހެއްޓުން.
  8. މިސްކިތުގެ ގޯތިތެރޭގައި، ކައުންސިލުން އަންގާގޮތެއްގެމަތިން ބަގީޗާ އިންދައި، ބަގީޗާ ހައްދައި، ފެންދީ ބެލެހެއްޓުން.
  9. މިސްކިތުގެ މާޙައުލަކީ މީހުންނަށް ހިތްފަސޭހަ ތަނަކަށް ހެދުމަށްޓަކައި އިސްނަގައިގެން މަސައްކަތް ކުރުން.
  10. މިސްކިތަށް ލިބޭ ގެއްލުންތަށް ބަލައި އިމާމަށް ރިޕޯޓް ކުރުމާއި، އަނދާ ހޮޅިބުރި، ބޮކި ފަދަ ތަކެތި ބަދަލުކޮށް ހެދުން.
  11.  ކައުންސިލާއި، ސަރުކާރުން، ރައްޔިތުންގެ ލާބައާއި މަންފާއަށް ކުރާ އެންމެހައި މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވެ، އެ މަސައްކަތްތަކަށް އެއްބާލުން ދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ކަނޑައެޅުމުގައި ބަލާނެ ކަންތައްތައް:

1- ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހީވާގި، ޞިއްޙަތު ރަނގަޅު މީހުން.

2- މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ އަޚްލާޤު ރަނގަޅު މީހުން.

3- ތަޢުލީމީ ސެޓްފިކެޓްތަކަށް.

އުޖޫރައާއި ޢިނާޔަތްތައް:

 1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.

2- ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގައި މަސައްކަތްކުރަން ޖެހޭނަމަ، އިތުރުގަޑީގެ ފައިސާއާއި، ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، ބަންދު ދުވަސްތަކުގެ އެލަވަންސްތައް ހަމަޖައްސައިދެވޭނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

 2015 ޖޫން 8 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ކައުންސިލް އިދާރާއަށް.

އިންޓަވިއު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް އިންޓަވިޔު އޮންނާނީ، 2015 ޖޫން 14 ވާ އާދީއްތަ ދުވަހު މަކުނުދޫ ކައުންސިލް އިދާރާގައެވެ. އިންޓަވިއު ކުރިއަށްދާނެ ގަޑިތައް، މި މަޤާމަށް ކުރިމަތިލާ ފަރާތްތަކަށް، އިންޓަވިއު އޮންނަ ދުވަހުގެ 1 ދުވަހުގެ ކުރިން އަންގާނެއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

* ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މި ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

* ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

* ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

* ލިބިފައިވާ ތަމްރީނާއި ތަޖުރިބާ ދަލީލް ކޮށްދޭ ލިޔުންތަކުގެ ކޮޕީ.

* ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީއެއް.

* ސިވިލްސަރވިސްގެ ވަޒީފާއެއް އަދާކުރަމުންދާ މީހެއްނަމަ، މި މަޤާމަށް ބަދަލްވުމާމެދު އެތަނެއްގެ އިޢުތިރާޒެއް ނެތްކަމުގެ ސިޓީ / ލިޔުން.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީ ގަޑީގައި ނަމަ ގުޅާނީ 6520038 ނަންބަރު ފޯނާއެވެ.

މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 ޞަޢުބާން 1436 

28 މޭ 2015
ހޯދާ