މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމް:           

އެމް. އެސް. 3

މަޤާމުގެ ރޭންކް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ / އެޓޯލް ޑިވެލޮޕްމަންޓް ސަރވިސް

އޮފީސް /އިދާރާ /ސެކްޝަން:

މިލަދުން މަޑުލު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާ

ވަޒީފާ އަދާކުރަންޖެހޭ ތަން:

7035.00 ރުފިޔާ

މުސާރަ:

2000.00 ރުފިޔާ

ސަރވިސް އެލަވަންސް:

1 (އެކެއް)

ބޭނުންވާ އަދަދު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

ތަޢުލީމާއި ތަޖުރިބާ:

 

1- ޕޮލިސީ ޕްލޭނިންގ ރިސާރޗް އެންޑް މޮނިޓަރިންގ ޔުނިޓާއި، އިންފުރާސްޓްރަކްޗަރ އެންޑް އިކޮނޮމިކް ޑިވެލޮޕްމަންޓް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ރާވައި ހިންގުމާއި މަސައްކަތް ހަވާލުކުރުމާއި، މުވައްޒަފުންގެ މަސައްކަތްތައް ސްޕަވައިޒްކުރުމާއި، އިޞްލާޙުކުރުމަށް ފިޔަވަޅު އެޅުން.

2- އިދާރީ ދާއިރާގެ ފެންވަރުގައި އަތޮޅު ކައުންސިލުން ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކިއެކި ފަރާތްތަކާއި ވިޔަފާރީގެ މުޢާމަލާތްކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުވުން.

3- އަތޮޅު ތަރައްޤީއަށް ހިންގަންޖެހޭ ޕްރޮގްރާމްތަކަށް ފަންޑް ހޯދުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

4- އަތޮޅު ތަރައްޤީއަށް ހިންގޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

5- ކައުންސިލްގެ ބެލުމުގެ ދަށުގައި ހުންނަ އުފުލޭ މުދަލާއި ނުއުފުލޭ މުދާ، ޤަވާޢިދާ އެއްގޮތްވާގޮތުގެމަތިން އެހެނިހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުން.

6- ކައުންސިލުން ހިންގާ ލޯނު ޕްރޮގްރާމްތަކުގެ މަޢުލޫމާތު ލޯނަށް އެދޭ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ އިދާރީ މަސައްކަތްކުރުވުން.

7- ކައުންސިލްގެ ނަމުގައި ބިންބިމާއި، ފަރާއި، ފަޅު ހޯދުމާއި، އެފަދަ ތަންތަން ކުއްޔަށް ދިނުމާއި، އިންވެސްޓްކުރުމާއި، ކައުންސިލްގެ ނަމުގައި މިލްކުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުވައި އެކަންކަމުގެ މަޢުލޫމާތު ބެލެހެއްޓުން.

8- ފުނަފަތި ފާމަސީއާއި، މަދަދު ޕްރޮގްރާމާއި، ނަފާވެހި ޕްރޮގްރާމާއި، ދުވެލި ޕްރޮގްރާމާއި، މިނޫނަސް ކައުންސިލަށް އާމްދަނީ ހޯދުމަށް ހިންގޭ ޕްރޮގްރާމްތަކުގެ އިދާރީ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއެކު ދުވަހުން ދުވަހަށް ފިޔަވަޅު އެޅުން.

9- އަތޮޅުގައި އިޖުތިމާޢީ ރައްކާތެރިކަން ދެމެހެއްޓުމަށް ހިންގޭ ޕްރޮގްރާމްތައް ހިންގުމުގެ އިދާރީ މަސައްކަތްތައް ކުރުވުމާއި، އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

10- ކައުންސިލަށް އާމްދަނީ ލިބޭ ވަޞީލަތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުމުގެ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

11- ރަށްވެހި ޚިދުމަތްތަކުގެ ތެރެއިން ޕްލޭނިންގ ޔުނިޓުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.

12- ތާރީޚާއި، ޘަޤާފީ ކަންކަމާއި، ކުލަބު ޖަމިއްޔާތަކާއި ޒުވާނުންނަށް ހިންގޭ ހަރަކާތްތައް ރާވައި ހިންގުމުގައި އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް މޮނިޓަރކޮށް ބެލެހެއްޓުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1- ބިޒްނަސް މެނޭޖްމަންޓް ދާއިރާއެއްގެ މަސައްކަތު ތަޖުރިބާ ލިބިފައިވަނީ ބިޒުނަސްމެނޭޖްމަންޓާއި ގުޅުންހުރި އިދާރާއަކުން ކަމުގައިވުން.

2- ކޮމްޕިއުޓަރ ބޭނުންކޮށްގެން މަސައްކަތްކުރަން ދަންނަމީހެއްކަމުގައިވުން

3- ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހެއްކަމުގައިވުން

4- ޤާނޫނުތަކާއި، ޤަވާޢިދުތަކަށް އަހުލުވެރިމީހެއްކަމުގައިވުން

5- އިނގިރޭސިފެންވަރު ރަގަޅުމީހެއްކަމުގައިވުން

6- ރަށުންބޭރުގައި މަސައްކަތްކުރެވޭ މީހެއްކަމުގައިވުން

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 10 ދުވަހުގެ ތެރޭގައި މި މަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނެ ތާރީޚާއި، ތަން އެންގޭނެއެވެ.

އިންޓަރވިއު އޮއްނާނެ ތަނާއި، މުއްދަތު:

2015 ޖޫން 4 ވަނަދުވަހުގެ މެންދުރު 14.00 ގެ ކުރިން، ށ. އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

 

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

ދަތުރު އެލަވަންސްއާއި، އިތުރުގަޑިގެ ފައިސާއާއި، ބަންދު ދުވަސްތަކުގެ ފައިސާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ށ. އަތޮޅު ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓުން (www.shaviyani.gov.mv ން) ފޯމު ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

2- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

3- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، ވަޒީފާއަށް ހޮވިއްޖެނަމަ ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިއުމެއް.

5- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

6- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

7- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

ހުށަހަޅަންޖެހޭ ލިޔުންތައް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540025 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

8 ޝަޢުބާން 1436

26 މޭ 2015
ހޯދާ